Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު\"ޝަރުމާޖީ ނަމްކީން\" ރިލީޒް ކުރާނެ

ރިޝީގެ ފޭނުންނަށް އުފާވެރި ޚަބަރެއް، "ޝަރުމާޖީ ނަމްކީން" ރިލީޒް ކުރާނެ

ފިލްމްގެ ބޮޑުބައި ވަނީ ޝޫޓްކޮށް ނިމިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 މެއި 2020 | ބުދަ 09:56
ރިޝީ ކަޕޫރާއި ޖޫހީ ޗައުލާ

ރިޝީ ކަޕޫރާއި ޖޫހީ ޗައުލާ

މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި ބޮލީވުޑްގެ ފިލްމީތަރި ރިޝީ ކަޕޫރު އެންމެ ފަހުން ކުޅެން ފަށާފައިވާ ފިލްމް "ޝަރްމާޖީ ނަމްކީން" ރިލީޒް ކުރާނެ ކަމަށް ފިލްމް އުފައްދާ ޓީމުން ބުނެފިއެވެ.

ބޮޑު ބައެއް ޝޫޓްކޮށް ނިމިފައިވާ މި ފިލްމުގެ ޕްރޮޑިއުސަރ ރިތޭޝް ސިދްވާނީއާއި، ފަރުޚާން އަޚްތަރު ގެންދަނީ ފިލްމު ނިންމުމުގެ މަސައްކަތް އަވަސް ކުރަމުންނެވެ.

މި ފިލްމުގައި ރިޝީއާއެކު ލީޑް ރޯލުން ފެނިގެންދާނީ ޖޫހީ ޗައުލާއެވެ.

ގާތް މަސްދަރަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ މެއިން ކެރެކްޓަރ އަކީ ރިޝީއެވެ. އަދި އޭނާ ކުޅުނު ރޯލްގެ ބޮޑު ބައެއް ވަނީ ޝޫޓްކޮށް ނިންމާފައެވެ. އަދި މި ފިލްމަކީ ރިޝީގެ އެންމެ ފަހު މަސައްކަތް ކަމަށް ވުމުން ރިޝީގެ ޝަރަފުގައި ކޮންމެހެންވެސް މި ފިލްމު ރިލީޒް ކުރާނެ ކަމުގެ ޔަޤީންކަން ފިލްމުގެ ޕޮރޮޑިއުސަރުން ދީފައިވާ ކަމަށެވެ.

އެކްސެލް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ވެގެންދާނީ ހިތޭޝް ބާޓިއާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަށެވެ.

ޝަރުމާޖީ ނަމްކީން" އަކީ ރިޝީ ކެންސަރަށް ފަރުވާ ހޯދަން ނިއުޔޯކަށް ފުރުމުގެ ކުރިން 17 ސެޕްޓެންބަރ 2018 ގައި އިޢުލާނު ކުރި ފިލްމެކެވެ.

29 ސެޕްޓެންބަރ 2018 ރިޝީ ފުރައިގެން ދިޔަ އިރު، ފިލްމުގެ ބައެއް ޝޫޓިންތައް ވަނީ ނަގާފައެވެ. ނަމަވެސް ރިޝީ އެނބުރި އަންނަންދެން ފިލްމުގެ ޝޫޓިންތައް ހުއްޓާލާފަ އޮތުމަށްފަހު އަލުން ޝޫޓިންތައް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގެއެވެ. ރިޝީ އެނބުރި އިންޑިއާއަށް ގޮސްފައިވަނީ އަހަރެއްހާ ދުވަހު ނިއުޔޯކްގައި ހުރުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2020

ފޭނުންނަށް މިސާލު ދެއްކުމުގެ ގޮތުން ކެޓްރީނާ އާއި ވަރުން އަދި އަރުޖުން ވީޑިއޯ ކޯލްކޮށްފި

23 މާރިޗު 2020
ފޭނުންނަށް މިސާލު ދެއްކުމުގެ ގޮތުން ކެޓްރީނާ އާއި ވަރުން އަދި އަރުޖުން ވީޑިއޯ ކޯލްކޮށްފި
25 ފެބުރުއަރީ 2020

ރަންބީރުގެ ފޭނުންނަށް މިއަހަރަކީ އުފާވެރި އަހަރެއް

25 ފެބުރުއަރީ 2020
ރަންބީރުގެ ފޭނުންނަށް މިއަހަރަކީ އުފާވެރި އަހަރެއް
23 ފެބުރުއަރީ 2020

ޗައިނާގައި ތިބި އާމިރުގެ ފޭނުންނަށް ހާއްސަ މެސެޖެއް

23 ފެބުރުއަރީ 2020
ޗައިނާގައި ތިބި އާމިރުގެ ފޭނުންނަށް ހާއްސަ މެސެޖެއް
21 ފެބުރުއަރީ 2020

ޝިލްޕާގެ ސަޕްރައިޒް ފޭނުންނަށް: މިފަހަރު އަންހެން ދަރިއެއް

21 ފެބުރުއަރީ 2020
ޝިލްޕާގެ ސަޕްރައިޒް ފޭނުންނަށް: މިފަހަރު އަންހެން ދަރިއެއް
25 ފެބުރުއަރީ 2019

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

25 ފެބުރުއަރީ 2019
އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު