Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާމިރްޙާން

ޗައިނާގައި ތިބި އާމިރުގެ ފޭނުންނަށް ހާއްސަ މެސެޖެއް

ހަބަރު އަޑުއެހީ ފުން ހިތާމައާއެކު

އަލީ ސަމާޚް
އަލީ ސަމާޚް | 23 ފެބުރުއަރީ 2020 | އާދީއްތަ 17:14
އާމިރްހާންގެ ފިލްމެއް ޕްރޮމޯޓްކުރަން ޗައިނާ އަށް ކުރި ދަތުރެއްގެ ތެރެއިން

އާމިރްހާންގެ ފިލްމެއް ޕްރޮމޯޓްކުރަން ޗައިނާ އަށް ކުރި ދަތުރެއްގެ ތެރެއިން

ޗައިނާގެ ވޫހަން ސިޓީން ފެށިގެން ފެތުރެމުންދާ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަހުގެ ސަބަބުން އެ ގައުމުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންތައްތަކަށް ކަންބޮޑުވުން ފާޅުކޮށް، ބޮލީވުޑްގެ ތަރި އާމިރްޙާން ޗައިނާގައި ތިބި އޭނާގެ ފޭނުންނަށް މެސެޖެއް ފޮނުވައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ޗައިނާއިން އެކަނި 2،300 މީހަކު ވަނީ މަރުވެފައެވެ. އާމިރް ވަނީ، ޗައިނާގެ ސަރުކާރުގެ އިރުޝާދުތަކަށް ބޯލަނބައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ޗައިނާގައި ތިބި އޭނާ އަށް ސަޕޯޓްކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

އުމުރުން 54 އަހަރުގެ އާމިރްހާން ޗައިނާގެ މީހުންގެ މެދުގައި މަގުބޫލްވެގެން ގޮސްފައިވަނީ ''3 އިޑިއެޓްސް'' އަދި ''ދަންގަލް'' އިންނެވެ. ޗައިނާގެ ފޭނުންނަށް އާމިރްގެ މެސެޖް ހިއްސާކޮށްފައިވަނީ، ޗައިނާގައި ބޭނުންކުރާ ޝޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ''ވެއިބޯ'' އަށް އަޕްލޯޑްކުރި ވީޑިއޯއެއް ގައެވެ.

ޗައިނާ ބަހުން ސަބްޓައިޓަލް އަރުވާފައިވަ ވީޑިއޯއެއްގައި އާމިރްހާން ބުނަނީ، ކޮވިޑް-19 ގެ ހަބަރު އަޑުއެހީ ވަރަށް ފުން ހިތަމާއާ އެކު ކަމަށާއި، ޗައިނާގައި ތިބި އޭނާގެ ރައްޓެހިންގެ ހާލު އަހުވާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ވައިރަހުގެ ސަބަބުން މަރުވި ފަރާތްތަކަށް އާމިރްހާން ވަނީ ތައުޒީޔާ ފޮނުވާފައެވެ. އަދި މި ދަނޑިވަޅުގައި އެންމެ މުހިއްމު ކަމަކީ ބަލިން ސަލާމަތްވާން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް އާމިރްހާން ޗައިނާގެ ފޭނުންނަށް ފޮނުވި މެސެޖްގައި ބުންޏެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2018

ޗައިނާގައި ބަޖްރަންގީ ބާއިޖާން އަށް ބޮޑު ތަރުހީބެއް

19 މާރިޗު 2018
ޗައިނާގައި ބަޖްރަންގީ ބާއިޖާން އަށް ބޮޑު ތަރުހީބެއް
21 ޖެނުއަރީ 2018

ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ

21 ޖެނުއަރީ 2018
ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ
01 ޖެނުއަރީ 2018

ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް

01 ޖެނުއަރީ 2018
ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް
28 ޑިސެމްބަރު 2017

ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!

28 ޑިސެމްބަރު 2017
ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!
30 އޮކްޓޯބަރު 2017

"ސީކްރެޓް ސްޕާސްޓާ" ވެސް ޗައިނާގައި އަޅުވަނީ

30 އޮކްޓޯބަރު 2017
"ސީކްރެޓް ސްޕާސްޓާ" ވެސް ޗައިނާގައި އަޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު