Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުން މިސްކިތްތައް ހުޅުވާލުން

އިރާނުގެ ބައެއް މިސްކިތްތައް މިއަދު ހުޅުވަނީ

4 މެއި 2020 | ހޯމަ 03:31

މިއަދު ހުޅުވަނީ ވައިރަސްގެ ރިސްކު ކުޑަކަމަށް ފެންނަ ސިޓީތަކުގެ މިސްކިތްތައް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 4 މެއި 2020 | ހޯމަ 03:31
އިރާނުގެ ރައީސް ޙަސަން ރޫޙާނީ އެއްވުމެއްގައި ތަޤުރީރު ކުރައްވަނީ

އިރާނުގެ ރައީސް ޙަސަން ރޫޙާނީ އެއްވުމެއްގައި ތަޤުރީރު ކުރައްވަނީ

އިރާނުގެ ބައެއް މިސްކިތްތައް ހޯމަ ދުވަހު ހުޅުވަން ނިންމަވާފައިވާކަމަށް އެޤައުމުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެ އެވެ.

ރޫޙާނީ ވިދާޅުވީ އެޤައުމުގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން މީހުން މިސްކިތަށް އެރުން މަނާކޮށްފައި އޮތް އޮތުން ހޯމަ ދުވަހު ނިމުމަކަށް ގެންނަވާ، 100ށް ވުރެ ގިނަ ސިޓީތަކުގައި ހުރި މިސްކިތްތައް ޢާންމުކޮށް ހުޅުއްވާލައްވާނެކަމަށެވެ.

އިރާނުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިސްކިތްތައް ބަންދުކުރީ އެޤައުމުގެ ސަރުކާރުން ހާމަކުރަމުންދާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދަށްވުރެ، ވައިރަސްޖެހިފައިވާ މީހުންގެ ޢަދަދު ގިނަކަމަށް ބުނެ ރިޕޯޓުތައް ފެތުރުމާއި ގުޅިގެންނެވެ. މި ރިޕޯޓުތައް ފެންމަތިވުމުން މިސްކިތްތަކުގެ އިތުރުން ދީނީ އެކި ކަންކަމަށް ބޭނުންކުރާ ޞަރަޙައްދުތައް ވެސް މަރޗުމަހުގެ ތެރޭގައި ބަންދުކުރި އެވެ.

އިރާނުގައި 97,424 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 6,203 މީހަކު ވަނީ މަރުވެފައެވެ. ވައިރަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިޔަ ނަމަވެސް އިރާން ސަރުކާރުން މިހާރު ވަނީ ވަކި އުޞޫލެއްގެ ދަށުން މިސްކިތްތައް ޢާންމުކޮށް ހުޅުވާލަން ނިންމާފަ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެޤައުމުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ ކޮވިޑް-19 ފެތުރުމުގެ ހިރާސް ކުޑަކަމަށް ބެލެވޭ 132 ސިޓީއެއްގެ މިސްކިތްތައް ހުޅުވަން ނިންމަވާފައިވާކަމަށެވެ. އަދި މި މިސްކިތްތައް ހުޅުވަން ނިންމެވީ ޞިއްޙީގޮތުން ބަލަން ޖެހޭ މިންގަނޑުތަކައް ބެއްލެވުމަށްފަހުގައި ކަމަށާއި، މި ހަފުތާއިން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ހުކުރު ނަމާދުކުރެވޭނެކަމަށް ވިދާޅުވި އެވެ. މިސްކިތްތައް ހުޅުވި ނަމަވެސް، އަޅުކަންކުރަން ބޭނުންކުރާ ޤަދީމީ ޞަރަޙައްދުތައް ހުޅުވާލާނީ މެއިމަހުގެ ފަހުކޮޅުކަމަށް ރޫޙާނީ ވިދާޅުވެފައި ވެއެވެ.

އިރާނު ސަރުކާރުން ވަނީ ކޮވިޑް-19ގެ ރިސްކް ކުޑަ ޞަރަޙައްދުތަކުގައި ހުރި ސްކޫލްތައްވެސް މެއިމަހުގެ 16 ވަނަ ދުވަހު ހުޅުވާލަން ނިންމާފަ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
14 މެއި 2017

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް