Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
80 އަހަރުގެ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

މަނަދޫން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

1 މެއިގައި ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 މެއި 2020 | އާދީއްތަ 23:01
އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

މި މަހުގެ 1 ވަނަ ދުވަހު ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި 80 އަހަރުގެ އުމުރުން ދުވަސްވީ އަންހެން މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި އަދީއްތަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއަމަލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ 80 އަހަރުގެ މީހާގެ އެންމެ ފަހުގެ މައުލޫމާތަކީ އޭނާގެ ރިޒަލްޓް ނެގެޓިވްކޮށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެހެން ކަމަކަށް ފަރުވާ ހޯދަން އައި މީހަކަށްވާތީ އެކަންކަން ކުރިއަށް ގެންދާތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެއި 1 ގައި ނ. އަތޮޅު ހޮސްޕިޓަލުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ، އެރަށުން 80 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައެވެ. އަދި އޭރު އޭނާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ބަލި މީހާގެ ޙާލު ބޮޑުވެގެން ބުރާސްފަތި ދުވަހުގެރޭ އޭނާ މާލެ ގެނެވިފައިވާއިރު، ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި، ޕޮޒިޓިވްވިކަން އެނގިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެއީ އެމީހާގެ ފުރަތަމަ ޓެސްޓެވެ. އެ ޓެސްޓަށް ޕޮޒިޓިވްވި ނަމަވެސް ފަހުން ހެދި ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. އެހެންކަމުން އަދިވެސް އެމީހާ ގާތުން މޮނިޓަރ ކުރަމުންދާނެއެވެ.

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ 80 އަހަރުގެ މީހަ އޮތީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އެޑްމިޓްކޮށްފައި އޮތީ ނޭވާލާން އުނދަގޫވެގެން ބަލިހާތަކުގެ ސީރިއަސް ވެގެން ނޫން ކަމަށާއި، އެހެންކަމަކަށް ޓެސްޓް ހަދަންޖެހޭތީ ހޮސްޕިޓަލުގައި ބާއްވާ އިރު އެހެން ބަލިމީހުންގެ ސަލާމަތަށްޓަކައި އައިސީޔޫއަށް ބަދަލު ކުރެވުނީ ކަމަށެވެ. އެގޮތުން އައިސީޔޫގައި ވަކިވަކި ކޮޓަރިތަކެއް ހުންނާނެ ކަމަށާއި، އެތަނުގައި ބަލި މީހާގެ ޓެސްޓްތައް ހެދެންދެން އެޑްމިޓް ކޮށްފައި ބާއްވާނެކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު