Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ސްރީލަންކާގެ ޙާލަތު

ކޮވިޑް-19ގެ މައި ކްލަސްޓަރތައް ދެނެގަނެވިއްޖެ: ލަންކާގެ ޖާސޫސީ އިދާރާ

3 މެއި 2020 | އާދީއްތަ 03:48

ސްރީލަންކާގެ ޖާސޫސީ އިދާރާއިން ވަނީ މައި 07 ކްލަސްޓަރ ހޯދާފައި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 3 މެއި 2020 | އާދީއްތަ 03:48
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ މައި މަރުކަޒުގައި ޑެއިލީ ބްރީފިންގއެއް ކުރިޔަށްދަނީ

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ މައި މަރުކަޒުގައި ޑެއިލީ ބްރީފިންގއެއް ކުރިޔަށްދަނީ

ސްރީލަންކާގައި ކޮވިޑް-19 ފެތުރޭ މައި ކްލަސްޓަރތައް މިހާރު ދެނެގަނެވިފައިވާކަމަށް އެ ޤައުމުގެ ޖާސޫސީ އިދާރާއިން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށާއި ބަލިން ރައްކާތެރިވުމަށް ޖާސޫސީން އިދާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ވެރިރަށް ކޮލޮމްބޯގައި ބޭއްވި ބައްދަލުމުއްގައި، އެ އިދާރާގެ އެސިސްޓެންޓް ޑައިރެކްޓަރ ޕަރަކްރަމަ ޑިސިލްވާ ވިދާޅުވީ ވައިރަސް ފެތުރެމުންދާ ގޮތް ބެލުމަށް އެ އިދާރާއިން ކުރި މަސައްކަތުން ވައިރަސް ފެތުރޭ މައި ކްލަސްޓަރތައް މިހާރު ދެނެގަނެވިފައިވާކަމަށެވެ.

ސްރީލަންކާގެ ހުރިހާ ޓީވީ ޗެނެލްތަކުން ވަގުތުން ދުރަށްދެއްކި މިބައްދަލުވުމުގައި ޕަރަކްރަމަ ވިދާޅުވީ، ކޮވިޑް-19 މައިގަނޑުގޮތެއްގައި ފެތުރެމުންދާ ޞަރަޙައްދުތައްވެސް މިހާރު ލޮކޭޓް ކުރެވިފައިވާކަމަށެވެ. އަދި މައި ކްލަސްޓަރތަކާއި ވައިރަސް ފެތުރޭ ޞަރަހައްދުތައް ދެނެގަނެވުމާއެކު، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

ސްރީލަންކާގެ ކޮވިޑް-19 މައި ކްލަސްޓަރތައް:

ސްރީލަންކާގެ ދައުލަތުގެ ޖާސޫސީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި އެޤައުމުގައި ކޮވިޑް-19 ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ މައި ކްލަސްޓަރ އަކީ ކަނޑުގެ އަސްކަރިއްޔާ (ނޭވީ)ގެ ކްލަސްޓަރ އެވެ. އެންމެ ނުރައްކާތެރި، އަދި ފެތުރުން ހުއްޓުވުމަށް އެންމެ ގިންޖެހުން ބޮޑު ކްލަސްޓަރއެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވަނި އެ ކްލަސްޓަރ އެވެ.

ކަނޑުގެ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ އޮފިސަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވީކަން އެނގުނުއިރު، އޭގެތެރެއިން ބައެއް މީހުން ތިބީ ޗުއްޓީގައި އެވެ. އެެހެންކަމުން އެމީހުން ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ސްރީލަންކާއިން އިއްޔެ 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިއެވެ. އެއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދުވަނީ 705ށް އަރާފައެވެ. ފަރުވާދީގެން 172 މީހުން ރަނގަޅުކުރެވިފައިވާއިރު، 7 މީހުން ވަނީ މަރުވެފައެވެ. މިހާރުވެސް، 526 މީހުންނަށް ފަރުވާދެމުންދާއިރު އޭގެތެރެއިން އެކަކުގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ސްރީލަންކާގެ ޞިއްޙަތާބެހޭ އިސް މަސްއޫލުވެރިން ބުނެ އެވެ.

ކޮވިޑް-19ގެ ކަންކަން ވިލަރެސްކުރުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނެޝަނަލް އޮޕަރޭޝަން ސެންޓަރެއް ޤާއިމުކޮށްފަ އެވެ. އަދި ވައިރަސްއިން ރައްކާތެރިވެ ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއްދަނީ އަޅަމުންނެވެ. އެގޮތުން ވައިރަސްގެ ނުރައްކާ ބޮޑު ޞަރަޙައްދުތައް ފުރަބަންދުކޮށް، ބައެއް ޞަރަޙައްދުތަކުގައި ވަނީ ކާފިއުގެ ޢަމުރު އިޢުލާނުކޮށްފަ އެެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ޢަމަލު ކުރަމުންދާ ނުވަތަ ތަންފީޒުކުރަމުންދާ ޚާއްޞަ އުޞޫލުތަކައް ތަބާވުމަށް އެޤައުމުގެ ފުލުހުންގެ އިދާރާއިން ވަނީ ޢާންމު ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ. އެހެންނަމަވެސް ވަކި ވަކި ފަރުދުން މިއުޞޫލުތަކާއި މަދުން ނަމަވެސް ޚިލާފުވަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ. ޑެޕިއުޓީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޖިތު ރޯހަނަ ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 24 ގަޑީއިރު، 1،217 މީހުން ކާފިއުގެ އަމުރާއި ޚިލާފުވެގެން ހައްޔަރުކޮށްފައިވާއިރު، 314 އެއްގަމު އުޅަނދެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް