Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖެ-އިންޑޮނޭޝިއާ

އިންޑޮނޭޝިއާގައި ތިބި 18 ދިވެހިން ރާއްޖެ ގެނެސްފި

1 މެއި 2020 | ހުކުރު 22:24

ރާއްޖެއިން ވަނީ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2020 | ހުކުރު 22:24
އެ 18 ދިވެހިން ގެނައީ އިންޑޮނޭޝިއާގެ ގަރުޑާ އެއާލައިންސްގެ ފްލައިޓަކުން

އެ 18 ދިވެހިން ގެނައީ އިންޑޮނޭޝިއާގެ ގަރުޑާ އެއާލައިންސްގެ ފްލައިޓަކުން

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޑޮނޭޝިއާގައި ތިބި 18 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއް.ޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވީ، އިންޑޮނޭޝިއާގައި ތިބި 18 ދިވެހިން އިންޑޮނޭޝިއާގެ ގަރުޑާ އެއާލައިންސްގެ ފްލައިޓަކުން ހުކުރު ދުވަހުގެރޭ މާލެ ގެނެވިފައިވާ ކަމަށާއި، މި 18 ދިވެހިންނަކީ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް އެ ޤައުމަށް ގޮސް ތިބި ބައެއް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުންވެސް ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އިންޑޮނޭޝިއާގައި ތިބިކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، އެ ފަރާތްތަކަށްވެސް އަލުން ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން އިންޑޮނޭޝިއާއިން މިވަގުތު ރަޖިސްޓްރީވެފައިވަނީ ވިޔަފާރީގެ ބޭނުންތަކާއި، ޓްރެއިނިންގގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް އެ ޤައުމަށްގޮސް ތިބި ދިވެހިންކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ކޮވިޑް-1 9އާ ގުޅިގެން އިންޑޮނޭޝިއާއިންވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ފިޔަވަޅުތަކުގެ ސަބަބުން އެތެރޭގެ ދަތުރުފަތުރުތަކަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެއާއެކު ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަރާތްތަކަށްވެސް އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވިކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ، އިންޑޮނޭޝިއާގައި ތިބި ދިވެހިން އަނބުރާ ގެނައުމުގައި އެ ޤައުމުގެ ފޮރިން މިނިސްޓްރީއާއި، މެލޭޝިއާގައި ހުންނަ ހައި ކޮމިޝަނާއި، ރާއްޖޭގެ ޚާރިޖީ ވުޒާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންވެސް ގެނައުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރާނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުންދިއުމާއެކު، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ބައެއް ޤައުމުތަކުން ދިވެހިން ރާއްޖެ ގެނެސްފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް