Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީީޕީއެމްގެ ޕްރެސް ކޮންފަރެންސް

މިިހާލަތަށް އައިއިރު ސަރުކާރު ތައްޔާރުވެފައި ނެތް، އިހުމާލު އެބައޮތް: އިދިކޮޅު

1 މެއި 2020 | ހުކުރު 08:03

ފެންނަނީ ފަރުވާ ކުޑަކޮށް އަމަލު ކުރަމުން ގެންދާތަން: އިދިކޮޅު

އަލީ ސަމާޚް
އަލީ ސަމާޚް | 1 މެއި 2020 | ހުކުރު 08:03
ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެން ފަށައި، އެ ބަލިން މީހަކު މަރުވިއިރު ސަރުކާރުން އޮތީ މިހާލަތަށް ތައްޔާރުވެގެން ނޫން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ތުހުމަތު ކޮށްފިއެވެ.

ރާއްޖޭގައި އާއްމުންގެ ތެރޭގައި ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ފަހަރަށް ފެނިފައިވަނީ ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކޭސް އަށް ފަހު ކޭސްތަކުގެ އަދަދު އިތުރުވެ މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާ ގުޅޭ ގޮތުން މައުލޫމާތު ދެއްްވާ ފަރާތްތަކުގެ ވާހަކަތައް ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފުޅުތައްވެސް ދިމާނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ހާލަތަށް އައިރު ފެންނަމުންދަނީ ސަރުކާރުން މިކަމާއި ދެކޮޅަށް ފަރުވާ ކުޑަކޮށް އަމަލު ކުރަމުން ގެންދާ މަންޒަރު ކަމަށާއި، ސަރުކާރުން ކޮވިޑް-19 އަށް ތައްޔާރުވެފައިވާތަން ނުފެންނަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ގެއަށް ގެނައުމަށް ރައީސް ސޯލިހުއާ ފޯނުން ގުޅުއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ޔާމިން ގެއަށް ބަދަލުކުރުމަށް ރައީސް ސޯލިހުގެ ފަރާތުން އެންމެ އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އިދިކޮޅުން ޕްރެސްކޮންފަރެންސް ބޭއްވުމުގެ ކުރިން ވަނީ، ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގައި މީހަކު މަރުވުމާއި ގުޅިގެން އެކަމުގައި ސަރުކާރު ފަރުވާ ކުޑަކާމާއި އިހުމާލު އެބައޮތް ކަމަށް ބުނެ ނޫސްބަޔާނެއް ވަނީ ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ބުނީ، އެ އަންހެން މީހާގެ ސާމްޕަލް ނަގާ ޓެސްޓް ލަސްވެގެން ދިއުމަކީ ސަރުކާރުގެ ފަރާތުން އެކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާ ކުޑަކުރުމުން ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ބައްޔަށް ޝައްކުކުރެވޭ ފަރާތްތައް ޓެސްޓު ކުރުމާއި، ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން މަޑުކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވިހާވެސް ގާތުން މޮނިޓަރ ކުރެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް