Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އަމާޒު ބޯޓުން އިތުރު ދެ ކޮންޓެކްޓެއް ފެނިއްޖެ

1 މެއި 2020 | ހުކުރު 00:35

މިކޭސްއާ ގުޅިގެން މިހާތަނަށް ހައި ރިސްކް 36 މީހެއް ފާހަގަ ވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2020 | ހުކުރު 00:35
އަމާޒު ބޯޓު

އަމާޒު ބޯޓު

މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ އަތޮޅުތަކަށް ދަތުރު ކުރި ''އަމާޒް'' ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކުލަސްޓަރ އިން ފެންނަމުންދާ ކޮންޓެކްޓްސްގެ ތެރެއަށް ދެ މީހަކު އިތުރުވެފައިވާ ކަމަށް ކޮވިޑް-19 ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ޓީމް ގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު ކޭސްއާ ގުޅިގެން އިތުރު މީހަކު އަދި ޕޮޒިޓިވް ވެފައިނުވާ ކަމަށެވެ. މިހާތަނަށް އައިއިރު މިކޭސްއާ ގުޅިގެން ށ ނަރުދޫން 8 މީހެއް އަދި މިލަންދޫން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

Advertisement - newsAdvertisement

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ މިކޭސްއާ ގުޅިގެން މިހާތަނަށް ހައި ރިސްކް 36 މީހެއް ފާހަގަ ވެފައިވާކަމަށެވެ. ބުދަ ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ އެކޭސްއާ ގުޅިގެން މިހާތަނަށް 118 ކޮންޓެކްޓެއް ފާހަގަ ވެފައިވާކަމަށެވެ. މީގެ އިތުރުން، 13 މީހެއްގެ ކިބައިން ބަލީގެ އަލާމަތްތައް ފެންނަމުންދާ ކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

އެބޯޓުން 98 މީހަކު ދަތުރު ކޮށްފައިވާއިރު ދަތުރުކުރި މީހުން ނިސްބަތްވަނީ ށ އަދި ނ އަތޮޅުގެ ރަށްރަށެވެ. އެއާއެކު އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރަމުންދާއިރު ގިނަ ބަޔެއްގެ ނަތީޖާ ވަނީ ލިބިފައެވެ. މި ކްލަސްޓަރއަށް ރ އަތޮޅު އިނގުރައިދޫ އިތުރުވެފައިވާ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފަ އެވެ.

އަމާޒު ބޯޓުން ދަތުރުކުރި މީހުން ނިސްބަތްވާ ރަށްތައް:

ނ. މާފަރު

ނ. ހެނބަދޫ

ނ. މިލަދޫ

ނ. ކެނދިކުޅުދޫ

ނ. ވެލިދޫ

ނ. ހޮޅުދޫ

ށ. ނަރުދޫ

ށ. ފުނަދޫ

ށ. މިލަންދޫ

ށ. ފީވަށް

ށ. މާއުނގޫދޫ

ހއ ދިއްދޫ

ހއ އުތީމް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް