Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް

ފާއިތުވި 3 އަހަރުތެރޭ ބަންދު އަމުރުގެ އެންމެ ގިނަ މައްސަލަތައް ނިންމިފައިވަނީ އަންގާރަ ދުވަހު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2020 | ހޮނިހިރު 09:36
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ފާއިތުވި 3 އަހަރުގެ ތެރޭގައި ބަންދު އަމުރުގެ މައްސަލަތައް (ރިމާންޑް މައްސަލަ) ތަކުގައި އެންމެ ގިނައިން ގޮތެއް ނިންމާފައިވަނީ އަންގާރަ ދުވަހު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ފާއިތުވި 3 އަހަރުގެ ބަންދު މައްސަލަތަކުގެ ތަފާސްހިސާބުތަކުގެ ތަފްސީލް ހިއްސާކުރައްވައި ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވި 3 އަހަރުގެ ރިމާންޑް މައްސަލަތަކުގެ ތެރެއިން ހައިކޯޓުން ނިންމާފައިވާ 168 މައްސަލައެއް ހިމެނޭއިރު، އޭގެތެރެއިން 14 އިންސައްތަ މައްސަލައިގައި ގޮތެއް ނިންމާފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

އޭގެ އިތުރުން، މައްސަލަތަކުގައި ގޮތް ނިންމާފައިވާ ދުވަސްތަކަށް ބަލާއިރު، 168 މައްސަލައިގެ ތެރެއިން 58 އިންސައްތަ މައްސަލައިގައި ގޮތް ނިންމާފައިވަނީ އަންގާރަ ދުވަހުކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގައި ހުންނަވާއިރު، ފާއިތުވި އަހަރުތަކުގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މައްސަލަތައް ކުރިއަށް ގޮސްފައިވާ ގޮތްތައް ބައްލަަވައި އެކަމުގެ ތަފްސީލީ ދިރާސާއެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ މައުލޫމާތުތަކެއް އެއްކުރެވިއްޖެކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، އެކަމާގުޅޭ ތަފްސީލީ މައުލޫމާތުތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ނިންމުންތަކުގެ ރެކޯޑް ބަލަހައްޓައި މުސްތަޤުބަލުގައި ޕީޖީ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސިޔާސަތުތަކެއް އެކަށައެޅުމަކީ ކުރައްވާ ތަސައްވުރެއްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެގޮތުން ކުށްކުރާ މިންވަރާއި، އެކި ބާވަތުގެ ކުށްތައް ކުރާ ނިސްބަތް އިތުރުވާ ދުވަސްވަރު ދެނެގަނެވި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ދުރާލާ ތައްޔާރުވެވިދާނެކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ އިތުރަށް ވިދާޅުވީ، ކޯޓުތަކުގެ މައްސަލަތައް ނިންމާ ގޮތުގެ ޑާޓާތަކަށް ބަލައި، ކުރިއަށް އޮތް ތަނުގައި މުވައްޒަފުންގެ ޗުއްޓީ ދިނުންފަދަ ކަންކަންވެސް ރޭވުމުގައި އެކަމުގެ ސަބަބުން އިތުރު އެހީއަކަށްވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުންކޮށް ސަރުކާރުވެސް ބަންދުކޮށްފައިވާއިރު، ޕީޖީ އޮފީހުން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކޮށް، ބައެއް އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު