Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝާހުރުކްޙާން

ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރި ޝާހުރުކްހާންގެ އޮފީސް ދައްކާލާއިފި

މި ކަރަންޓީން ފެސިލިޓީގެ އިންޓީރިއަރ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ގައުރީޙާންގެ އިންޓީރިއަރ ސްޓޫޑިއޯއިން

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 25 އެޕްރީލު 2020 | ހޮނިހިރު 07:13
ޝާހުރުކްހާން އަދި އަންހެނުން ގައުރީހާން

ޝާހުރުކްހާން އަދި އަންހެނުން ގައުރީހާން

ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރި، ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކުޚާނާއި އެނާގެ އަންހެނުންގެ އޮފީސް ދައްކާލާފިއެވެ.

ބްރިހާން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން ( ބީއެމްސީ)ގެ ބެލުމުގެ ދަށުން ގާއިމްކުރި 22 އެނދުގެ ކަރަންޓީން ފެސިލިޓީ ދައްކާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ޝާހުރުކްގެ އަންހެނުން ގައުރީޚާން ކުރި އިންސްޓަގްރާމް ޕޯސްޓަކުންނެވެ.

ހަތަރު ބުރީގެ އެ އިމާރާތް ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރުމަށް ބްރިހާން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން އާއި ހަވާލުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

ރިޕޯޓްތަށް ބުނާ ގޮތުން މި ކަރަންޓީން ފެސިލިޓީގެ އިންޓީރިއާ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ގައުރީޚާންގެ އިންޓީރިއާ ސްޓޫޑިއޯއިންނެވެ. ގައުރީ އަކީ އިންޓީރިއާއި ޑިޒައިނަރެކެވެ. ބެލެވޭގޮތުގައި އެތަނުގެ ޑިޒައިންގެ މަސައްކަތްތައް ކޮށްފައި ވަނީ އެނާގެ ސީދާ ބެލުމުގެ ދަށުންނެވެ.

ގައުރީ ބުނީ ކަރަންޓީން ފެސިލިޓީއިން މިހާރު ޙިދުމަތް ދެމުން ގެންދާ ކަމަށެވެ. އަދި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރުމެން އަންނަ ކޮވިޑް 19 އާއި ދެކޮޅަށް އެންމެން ގަދަ އަޅާ މަސައްކަތް ކުރުމަށް ގައުރީ ވަނީ އެދިފައެވެ.

އިންޑިއާގައި ކޮވިޑް 19 އާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގާއިމްކޮށްފައިވާ "ޕީއެމް ކެއަރ" ފަންޑަށް ބޮލީވުޑްގެ މަޝްހޫރު ތަރިން ދަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުނެވެ. އެ ފަންޑަށް ޝާހުރުކް ވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2020

ޖެނީލިއާ ކަރަންޓީންގައި ހުރިއިރު ކުރެވުނު އިހުސާސްތައް ކިޔައި ދީފި

01 ސެޕްޓެމްބަރު 2020
ޖެނީލިއާ ކަރަންޓީންގައި ހުރިއިރު ކުރެވުނު އިހުސާސްތައް ކިޔައި ދީފި
21 އޯގަސްޓު 2020

ޔޫކޭގައި އަކްޝޭ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު "ބެލް ބޮޓޮމް"ގެ ޝޫޓިންތައް ފަށައިފި

21 އޯގަސްޓު 2020
ޔޫކޭގައި އަކްޝޭ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު "ބެލް ބޮޓޮމް"ގެ ޝޫޓިންތައް ފަށައިފި
14 މެއި 2020

ކަރަންޓީންވާން ބޭނުމީ ހެރީ ޕޮޓަރގެ ކޮން ކެރެކްޓަރަކާ އެކު؟

14 މެއި 2020
ކަރަންޓީންވާން ބޭނުމީ ހެރީ ޕޮޓަރގެ ކޮން ކެރެކްޓަރަކާ އެކު؟
13 މެއި 2020

"ތު މެރީ" ލަވައިގައި ރިތިކް 12 ފަހަރު ބޫޓޫ ބަދަލުކުރިކަން އިނގޭތަ؟

13 މެއި 2020
"ތު މެރީ" ލަވައިގައި ރިތިކް 12 ފަހަރު ބޫޓޫ ބަދަލުކުރިކަން އިނގޭތަ؟
04 އެޕްރީލު 2020

ޝާހުރުކް ޚާންގެ އޮފީސް އިމާރާތް ކަރަންޓީން ފެސިލީޓީއަކަށް ހަދައިފި

04 އެޕްރީލު 2020
ޝާހުރުކް ޚާންގެ އޮފީސް އިމާރާތް ކަރަންޓީން ފެސިލީޓީއަކަށް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު