Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް-އެތުލެޓިކޯ މެޗު

ލިވަޕޫލް-އެތުލެޓިކޯ މެޗު ކުރިއަށްގެންދިޔަ ސަބަބު ތަހުގީގު ކުރަން ގޮވާލައިފި

24 އެޕްރީލު 2020 | ހުކުރު 09:03

މި މެޗު ކުޅުނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އެޕްރީލު 2020 | ހުކުރު 09:03
ލިވަޕޫލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި، އެ މެޗު ކުރިއަށްގެންދިޔަ ސަބަބު ތަހުގީގު ކުރަން ލިވަޕޫލްގެ މޭޔަރު ސްޓޯވް ރޮދަރަމް ގޮވާލައްވައިފި އެވެ.

އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗު ކުޅެފައިވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ. މި މެޗަށްފަހު ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސްކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން 3-2 އިން އެތުލެޓިކޯ މޮޅުވި މެޗު ބަލަން 52،000 ސަޕޯޓަރުން ވަންއިރު، މި މެޗު ބަލަން ސްޕެއިނުން 3،000 ސަޕޯޓަރުން ވަނީ އިންގްލެންޑުގެ ލިވަޕޫލަށް ގޮސްފައެވެ. މި މެޗު ކުޅުންތާ 10 ދުވަސް ފަހުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ގައުމުގައި މީހުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް ނިންމާފައެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ މޭޔަރު ސްޓޯވް ރޮދަރަމް ވިދާޅުވީ އެ ދަނޑިވަޅުގައި މި މެޗު ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށާއި، މެޗު ކުރިއަށްގެންދަން ހުއްދަ ދިން ސަބަބު ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މި މެޗުގެ ސަބަބުން އެ ސަރަހައްދުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރު ވެގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިން ސްޕެއިންގެ މެޑްރިޑްގެ މޭޔަރު ހޯސޭ ލުއިޒް މާޓިނޭޒް-އަލްމެއިޑާ ވެސް ވަނީ މި މެޗު ކުޅުނީ ގޯސް ވަގުތެއްގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މެޗު ކުޅުމުގެ ދެ ދުވަހެއް ކުރިން ސްޕެއިންގެ އެކި ސަރަހައްދުތަކުގައި 1،000 މީހުންނަށް ވުރެން ގިނަ މީހުން އެއްވެ އުޅުން މަނާކޮށް، ސްކޫލުތައް ވެސް ބަންދުކޮށްފައިވާ ކަމަށާއި އެ ފަދަ ހާލަތެއްގައި ސްޕެއިންގެ ބަޔަކު ވެސް އެހެން ގައުމަކަށް ގޮސް ގިނަ ބަޔަކު އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މެޗު ކުރިއަށް ގެންދަން ޔުއެފާ އިން ހުއްދަ ދިނުމުން، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 138،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، ސްޕެއިނުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 213،000 އަށްވުރެ މައްޗަށް އަރާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޗެމްޕިއަންސް ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރަން ޔުއެފާއިން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ މެއި މަހުގެ 30 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލް ގައެވެ.

ޗެމްޕިއަންސް ލީގާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޔުއެފާއިން ނިންމާފައިވާއިރު، މި މުބާރާތް އަލުން ފަށާނެ ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށްވެސް ޔުއެފާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް