Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންޓްރޯލް އަގުތަކެއް ކަނޑައަޅާނެ ކަމުގެ އިންޒާރު

އަގުބޮޑުކޮށް މުދާ ވިއްކާނަމަ އަގު ކޮންޓްރޯލް ކުރާނެކަމުގެ އިންޒާރު ސަރުކާރުން ދީފި

ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އެޕްރީލު 2020 | ހުކުރު 03:00
މާލޭގެ ބާޒާރު މަތީގައި ހުރި ފިހާރައަކުން ޕިކަޕަކަށް މުދާ ބަރުކުރަނީ

މާލޭގެ ބާޒާރު މަތީގައި ހުރި ފިހާރައަކުން ޕިކަޕަކަށް މުދާ ބަރުކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ފިހާރަތަކުން ވިއްކަމުން އަންނަ ބާވަތްތައް އަގުބޮޑުކޮށް ވިއްކާނަމަ ލިބިފައިވާ ބާރުގެ ދަށުން އަގު ކޮންޓްރޯލް ކުރާނެކަމުގެ އިންޒާރު ސަރުކާރުން ދީފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

އަދި މި ޤާނޫނުގެ 2 ވަނަ މާއްދާއާއި 8 ވަނަ މާއްދާގެ (ނ) އާ ޚިލާފުވާ ފަރާތްތަކާބެހޭ ޝަކުވާ މިމިނިސްޓްރީގެ އީމެއިލް އެޑްރެސް consumer@trade.gov.mv އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މުދާ ވިއްކުމާއި ޚިދުމަތް ދިނުމުގައި ވަކި ފަރާތެއް ތަފާތުކުރާ ވިޔަފާރިތަކާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ވިއްކާ ތަކެތި ކޮވިޑް-19 އާ ގުޅިގެން، މުދަލާ ނުބައްދަލު އަގެއްގައި ވިއްކާ ފަރާތްތަކާއި، އިލެކްޓްރޯނިކް ޒަރީޢާއަކުން މުދާ ގަންނަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް އިޝްތިހާރުކުރާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅާނެކަމަށެވެ.

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ޚިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ޚިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ޚިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެކެވެ.

އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އޮންލައިން ޒަރީޢާއިން މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންދާއިރު، މިޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތަކީ، ވަކި ފެންވަރެއްގެ ޚިދުމަތެއްކަމަށް ޙަޤީޤަތާ ޚިލާފަށް ބަޔާންކުރުމަކީވެސް މަނާކަމެކެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކަށް ވެސް، ކޮވިޑް-19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވަރކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެވޭނެ ކަމަށެވެ.

އަދި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މި ޤާނޫނާ ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން 6 މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު