Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އދ ގައި ހޯދި ކާމިޔާބީ

އދ ގެ މައި ކައުންސިލެއްގެ ދެކޮމިޓީއެއްގެ މެންބަރުކަން ސައުދީއަށް ލިބިއްޖެ

23 އެޕްރީލު 2020 | ބުރާސްފަތި 12:54

ސީއެސްޓީޑީގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 2020-2024އަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 23 އެޕްރީލު 2020 | ބުރާސްފަތި 12:54
ޢަބްދުﷲ ބިން ޔަޙުޔާ އަލް-މުޢައްލަމީ/ސައުދީގެ ދާއިމީ މަންދޫބު

ޢަބްދުﷲ ބިން ޔަޙުޔާ އަލް-މުޢައްލަމީ/ސައުދީގެ ދާއިމީ މަންދޫބު

ޔުނައިޓެޑް ނޭޝަންސް ނުވަތަ އދ ގެ މައި ކައުންސިލެއްގެ ދެކޮމިޓީއެއްގެ މެންބަރުކަން ސައުދީޢަރަބިއްޔާއިން ކާމިޔާބުކޮށްފިއެވެ.

އަންގާރަދުވަހު ސައުދީން ކާމިޔާބުކުރީ އދގެ ކޮމިޝަން އޮން ސައެންސް އެންޑް ޓެކްނޯލޮޖީ ފޮރ ޑެވެލޮޕްމެންޓް (ސީއެސްޓީޑީ) މެންބަރުކަމާއި، ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް (ސީސީޕީސީ) ގެ މެންބަރުކަމެވެ. މީގެތެރެއިން ސީއެސްޓީޑީގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 2020-2024 އަށް އަދި ސީސީޕީސީގެ ގޮނޑި 2021-2023ގެ ނިޔަލަށެވެ. ސީއެސްޓީޑީއާއި ސީސީޕީސީ އަކީ އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ސަބްސިޑިއަރީ ގުނަވަންތަކެވެ.

ސައުދީ ޢަރަބިއްޔާއަށް މި 2 ކޮމިޓީގެ މެންބަރުކަން ކާމިޔާބުވުމާއި ގުޅިގެން، އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޢަބްދުﷲ ބިން ޔަޙުޔާ އަލް-މުޢައްލަމީ ވަނީ އދ.ގެތެރެއިން ސައުދީން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އުފާފާޅުކުރައްވާފައެވެ. މަންދޫބު ވިދާޅުވީ، އދ ތެރެއިން މިހާބޮޑު ކާމިޔާބީއެއް ސައުދީއަށް ލިބިގެން ދިޔައީ އެޤައުމުން އެކި ދާއިރާތަކުން ހޯދަމުންދާ ކުރިއެރުމާއި ކާމިޔާބީގެ ސަބަބުން ކަމަށެވެ. އދ އިން މިލިބުނު ކާމިޔާބީއާއެކު އދ އާއި އދ ގެ ގުނަވަންތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

ދެކޮމިޓީގެ މެންބަރުކަން ސައުދީއަށް ކާމިޔާބުވުމުން ދައްކުވައިދެނީ، ބައިނަލްއަޤުވާމި މައިދާނުގައި ސައުދީއަށް އޮންނަ އިތުބާރާއި، އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ ނަތީޖާއެވެ. އަދި މިއީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒާއި، ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ބިން ސަލްމާންގެ ޒަޢާމަތުގެ ދަށުން 2030 އަށް އަމާޒުކޮށްފައިވާ ތަޞައްވުރަށް ވާޞިލުވުމަށްޓަކައި ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅާއި އަދި ހޯއްދަވަމުންގެންދަވާ ކުރިއެރުމުގެ ނަތީޖާގެ ގޮތުގައި ބައިނަލްއަޤުވާމީ މުހައްލިލުން ސިފަކުރެއެވެ.

ސައުދީޢަރަބިއްޔާ އދ ގައި ބައިވެރިވެފައިވަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް