Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭޝްފްލޯ މެނޭޖްކުރުމުގެ މަސައްކަތް

ކޭޝްފްލޯ މެނޭޖްކުރުމަށް 4.4 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި

ކޭޝްފްލޯ މެނޭޖްކުރުމަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވަރޑްރޯ ކުރެވޭ ލިމިޓް މަތިކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 އެޕްރީލު 2020 | ބުދަ 18:59
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮވިޑް-19 އާ ގުޅިގެން ދިމާވާ އިގްތިޞާދީ ދަތިކަމާގުޅިގެން ކުރުމުއްދަތުގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކުން 4.4 ބިލިއަން ރުފިޔާ ނެގުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް ހުށަހަޅާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އަންނަ އިގްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް މަޖިލީހުން ބޭނުންވާ ހުއްދަތަށް ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަރުދާހުގަ އެވެ. ކޭޝްފްލޯ މެނޭޖްކުރުމަށް ޕަބްލިކް ބޭންކު އެކައުންޓުން އޯވަރޑްރޯ ކުރެވޭ ލިމިޓް މަތިކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ. އެގޮތުން މީގެ ސަބަބުން ދައުލަތުން ކުރު މުއްދަތުގައި ކުރަންޖެހޭ ޚަރަދުތައްކޮށް ޚިދުމަތްދިނުމަށް މަގުފަހިވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މިގޮތުން 4.4 ބިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި ޚިދުމަތުގެ ކަށަވަރުކަން ދެވޭނެކަމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މީގެ ސަބަބުން ފައިސާ އިތުރުވުމުގެ ސަބަބުން އަންނަ އިޤްތިސާދީ ނޭދެވޭ ބަދަލުތައް މި ދުވަސްވަރު މަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި، ރާއްޖޭގެ އިޤްތިސާދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައިވުމާ، ދުނިޔޭގެ އިޤްތިސާދީ ހަރަކާތްތައްވެސް މަޑުޖެހިފައިވުމާއި ބޭރުގެ ދަތުރު ފަތުރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ދަށްވެފައިވުމާއި ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް މީގެ ސަބަބުން މި ވަގުތު އިތުރުވުމެއް އަންނާނެކަމަށް ނުބެލެވޭތީކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ކަރުދާހުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އިޤްތިސާދީ ހަރަކާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރުކުރުމަށްވެސް ފިޔަވަޅުއަޅަން ޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށްފަހު، މި ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ފައިނޭންސިންގ އިންފްލޯތައް އަންނަ މިންވަރަކުން ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ކުރަންޖެހޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިގޮތުން އޯވަރޑްރޯ ލިމިޓް ވާނީ މި މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކައަށެވެ. އަދި ދައުލަތަށް އާމްދަނީ އަދި ފައިނޭންސިންގ ލިބޭ މިންވަރަކުން އޯވަރޑްރޯ ކުރަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިވަގުތު ރާއްޖޭގެ އިޤްތިސާދާއި ދައުލަތުގެ މާލީ ހާލަތު އޮތްގޮތުން ، މިފިޔަވަޅުތައް ގާނޫނީ އިމުގެތެރެއިން އެޅުމަށްޓަކައި ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލު ތަކަށް އަހަރު ދުވަހުގެ އިސްތިސްނާއެއް ދިނުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ، އެއިރެއްގެ އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.

މިމައްސަލައަށް ބަހުސްކުރުމަށް ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު