Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުށް ގަބޫލުކޮށް މާފަށް އެދުން

ކުށް ގަބޫލުކޮށް ޓޮޓެންހަމްގެ އޯރިއޭ އާއި ސިސޯކޯ މާފަށް އެދިއްޖެ

22 އެޕްރީލު 2020 | ބުދަ 16:14

މި ދެ ކުޅުންތެރިން ވަނީ އިޖުތިމާއި ގައިދުރުކަމުގެ ގަވާއިދުތަކާ ޙިލާފުވާ ވީޑިއޯއެއް އިންސްޓާގްރާމްގައި ހިއްސާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އެޕްރީލު 2020 | ބުދަ 16:14
ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސާޖް އޯރިއޭ އާއި މިޑްފީލްޑަރު މޫސާ ސިސޯކޯ

ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސާޖް އޯރިއޭ އާއި މިޑްފީލްޑަރު މޫސާ ސިސޯކޯ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމުލުކުރެވުމުން، ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ސާޖް އޯރިއޭ އާއި މިޑްފީލްޑަރު މޫސާ ސިސޯކޯ މާފަށް އެދިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ލޮކްޑައުން ކޮށްފައިވާއިރު، އެ ގައުމުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށާއި ސިއްހީ ކަންކަމުގައި ބޭރަށް ދެވެނީ ދުވާލަކު އެއްފަހަރު އެވެ. އަދި ކަސްރަތު ކޮށްލުމަށް ބޭރަށް ދާއިރު، އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން ގައިގޯޅިވުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމަކު ޓޮޓެންހަމްގެ ޑިފެންޑަރު އޯރިއޭ ވަނީ ސިސޯކޯ އާއެކު ގަވާއިދުތަކާ ޚިލާފަށް އެކުގައި ކަސްރަތުކުރަމުންދިޔަ ވީޑިއޯއެއް އިންސްޓާގްރާމްގައި ހިއްސާކޮށްފައެވެ. އެކަމަކު މާގިނައިރުތަކެއް ނުވަނީސް އެ ވީޑިއޯ އޯރިއޭ ވަނީ ޑިލިޓް ކޮށްފައެވެ.

އެކަމާ ގުޅިގެން ޓޮޓެންހަމުން އެ ދެ ކުޅުންތެރިންނަށް ނަސޭހަތްތެރިވުމުން، ދެ ކުޅުންތެރިންވެސް ވަނީ އެކަމަށް މާފަށް އެދިފައެވެ.

މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މިޑްފީލްޑަރު ޓަންގުއީ އެންޑޮމްބެލޭ އަދި ހޭޑްލީ ކޮމޮން އެކުގައި ބޭރުގައި ކަސްރަތު ކުރަން އުޅުނުއިރު، އިޖުތިމާއި ގައިދުރުކަމުގެ ގަވާއިދާ ޚިލާފަށް އަމަލުކުރުމުން، ޓޮޓެންހަމުން ވަނީ ގަވާއިދުތަކަށް ބޯލެނބުމަށް އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް