Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޗައިނާގެ ހާލަތު

ޗައިނާއިން އިއްޔެ 30 މީހުންނަށް ވައިރަސް ޖެހިފައިވޭ

ޗައިނާ ތެރެއިން 7 މީހަކު ޕޮޒިޓިވްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 އެޕްރީލު 2020 | ބުދަ 10:09
ޗައިނާގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ޗައިނާގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އަންގާރަ ދުވަހު 30 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.

މީގެތެރެއިން 23 މީހުންނަކީ އެގައުމަށް އެތެރެވި މީހުންކަމަށް ޗައިނާއިން ބުނެއެވެ. މިއީ އޭގެކުރީ ދުވަހާއި އަޅާބަލާއިރު 11 މީހުންގެ އިތުރުވުމެކެވެ. ޗައިނާ ތެރެއިން 7 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މިމީހުންނަކީ ޗައިނާ އާއި ރަޝިޔާ ހިއްސާކުރާ ބޯޑަރ ހުންނަ ސަރަހައްދުން ފެނިފައިވާ މީހުންކަމަށް ޗައިނާއިން ބުނެއެވެ.

ވައިރަސްގެ ނިޝާން ގައިގައި ހުންނަކަން ނޭންގި ނުވަތަ އަލާމާތެއް ނުފެނި އަންގާރަ ދުވަހު އެގައުމުގެ 42 މީހަކު ވައިރަސް އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެކުރީ ދުވަހު އެގޮތަށް ޕޮޒިޓިވްވެފައިވަނީ 37 މީހުންނެވެ. ޗައިނާގެ ތެރެއިން މިގޮތަށް ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެއްހާހަށްވުރެ މަތިކަމަށް ޗައިނާއިން ހާމަކުރެ އެވެ.

އަންގާރަ ދުވަހު ޗައިނާއިން އެއްވެސް މީހަކު ވައިރަސް ޖެހިގެން މަރުވެފައެއްނުވެ އެވެ. އަދި 28 މީހަކު ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

މިހާތަނަށް އައިއިރު ޗައިނާއިން މިވައިރަސް އަށް 82,788 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 4,632 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

30 ޖޫން 2017
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު