މޫސުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ޖަޒީރާ ގައުމުތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ: ރައީސް ސޯލިހު
22 އެޕްރީލު 2020 | ބުދަ 06:5122 އޭޕްރީލްއަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ''އާރތް ޑޭ''


ބ.އަތޮޅުގެ ރަށްތަކެއް
މޫސުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ޖަޒީރާފަދަ ގައުމުތައް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް 22 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރަ ''އާރތް ޑޭ'' އެވެ.
މިދުވަހާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ''އާރތް ޑޭ'' ފާހަގަކުރާއިރު މޫސުމީ ކްރައިސިސްގެ ކަންތައްތައް ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. ތިމާވެއްޓަށް ކުރާ ނެދޭވެ އަސަރުތައް ކުޑަ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކްލައިމެޓް ޗޭންޖްއާ ކޮވިޑް-19 އާ އެކު ރާއްޖެފަދަ ގައުމުތައް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކްލައިމެޓް ޗޭންޖުގެ އިތުރުން މިފަދަ ބަލިމަޑު ކަންކަން ސަލާމަތްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚާއްސަ ގޮތެއްގައި ރާއްޖެފަދަ ޖަޒީރާ ފަދަ ގައުމުތައް އިތުރަށް މަސައްކަތް ކުރަން ޖެހޭކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުންކޮށްފައިވާއިރު، ގިނަ އިންވެންޓްތަކެއް ވަނީ ކެންސަލް ކޮށްފަށެވެ. މިއަހަރުގެ ''އާރތް ޑޭ'' އާއި ގުޅިގެން ޚާއްސަ ހަރާކާތެއް ނުބޭއްވުނު ނަމަވެސް މީގެ ކުރީގެ އަހަރުތަކުގައި ''އާރތް ޑޭ'' އާ ގުޅިގެން ގަސްއިންދުގެ ޚާއްސަ ޕްރޮގްރާމްތަކާއި، ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މައުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމްތައް ބާއްވާފައިވެއެވެ.









