Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ ކާފިއު

ކުޅުދުއްފުށީގައި ކާފިއުއާ ހިލާފުވާނަމަ 5000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަނީ

އަންގާރަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 72 ގަޑި އިރަށް ސިޓީ ވަނީ އެއްކޮށް ލޮކްޑައުންކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އެޕްރީލު 2020 | ބުދަ 02:59
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި ކާފިއުއާ ހިލާފުވާ ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.

ކުޅުފުއްފުށީގައި ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައިވާތީ ކުޅުދުއްފުށި ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލުކޮށް ރައްކާތެރިވުމުގެގޮތުން އަންގާރަ ދުވަހުގެ މެންދުރު 12:00ން ފެށިގެން ހުކުރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ލޮކްޑައުންކޮށް ކާފިއު އިއުލާންކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުމަށް ރިއާޔަށްކޮށް، ލޯކަލް ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެ ކައުންސިލަށް ދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު ކައުންސިލަށް ލިބިފައިވާކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބަލި ފަތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ

31 އޮކްޓޯބަރު 2017
ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ
04 އޮކްޓޯބަރު 2017

ކުޅުދުއްފުށީގައި ޕީޕީއެމް އިން ބޭއްވި ވެހިކަލް ބުރަކަށް އެމްޕީއެލް އިން ޚަރަދުކުރި މައްސަލައެއް އޭސީސީއަށް

04 އޮކްޓޯބަރު 2017
ކުޅުދުއްފުށީގައި ޕީޕީއެމް އިން ބޭއްވި ވެހިކަލް ބުރަކަށް އެމްޕީއެލް އިން ޚަރަދުކުރި މައްސަލައެއް އޭސީސީއަށް
02 އޮކްޓޯބަރު 2017

އާސަންދައިގެ ފުރަތަމަ ރީޖަނަލް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އާސަންދައިގެ ފުރަތަމަ ރީޖަނަލް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި
27 ސެޕްޓެމްބަރު 2017

ފްލެޓުގެ ޑައުންޕޭމެންޓަށް 25000 ރުފިޔާ، ކުލީގެ ގޮތުގައި 25 އަހަރު ވަންދެން 6000 ރުފިޔާ

27 ސެޕްޓެމްބަރު 2017
ފްލެޓުގެ ޑައުންޕޭމެންޓަށް 25000 ރުފިޔާ، ކުލީގެ ގޮތުގައި 25 އަހަރު ވަންދެން 6000 ރުފިޔާ
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި 20 ފަންޑު ފޮށި ބަހައްޓައިފި

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި 20 ފަންޑު ފޮށި ބަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު