Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޮހިންޖާ ޓެލެތޯން

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި 20 ފަންޑު ފޮށި ބަހައްޓައިފި

މުޅި އަތޮޅުގައި ހަރަކާތް ހިންގުމަށް ދަނީ މަޝްވަރާ ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 05:05
ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފަންޑުފޮށިތަކުގެ ތެރެއިން

ކުޅުދުއްފުށީގައި ބަހައްޓާފައިވާ ފަންޑުފޮށިތަކުގެ ތެރެއިން

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، އެފަރާތްތަކަށް އެހީވުމަށް ހދ ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ފަންޑުފޮށިތަކެއް ބަހައްޓައިފިއެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމަތައް ކުށްވެރިކޮށް އަނިޔާލިބެމުންދާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ކުރިއަށް ގެންދަން ނިންމާފައިވާ ޓެލެތޯން އަށް ހަދިޔާކުރުމުގެ ގޮތުން ކުޅުދުއްފުށީ ކައުންސިލްއާއި ރަށު ރައްޔިތުން ކުރިއަށް ގެންދާ މިހަރަކާތާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ މުހައްމަދު މޫސާ ވިދާޅުވީ މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކަޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން އެހީވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މިހާތަނަށް 20 ފަންޑުފޮށި ބަހައްޓާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުހައްމަދު މޫސާ ވިދާޅުވީ މިހަރަކާތް ކުރިއަށް ކުރިއަށް ގެންދިއުމުގައި ކުޅުއްދުއްފުށީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ "ކުޅުދުއްފުށީ ހޮނިހިރު ބާޒާރު"ގެ އިތުރުން ކުޅުދުއްފުށީގެ ގިނަ ފިހާރަތަކެއްގައި ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށެވެ. ފަންޑަށް އެހީވުމުގެ ފުރުސަތު ހޯމަ ދުވަހުގެ 14:30 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް މުހައްމަދު މޫސާ ވިދާޅުވިއެވެ.

މުހައްމަދު މޫސާ ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހަރަކާތް އިތުރަށް ފުޅާކޮށް މުޅި އަތޮޅުގައި މި ހަރަކާތް ކުރިއަށް ގެންދަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފަންޑަށް ލިބޭ ފައިސާ ރެޑްކެރެސެންޓާ ހަވާލު ކުރާނީ ރާއްޖެޓީވީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު