Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް

ފްލެޓުގެ ޑައުންޕޭމެންޓަށް 25000 ރުފިޔާ، ކުލީގެ ގޮތުގައި 25 އަހަރު ވަންދެން 6000 ރުފިޔާ

27 ސެޕްޓެމްބަރު 2017 | ބުދަ 08:54

ފްލެޓުގެ އަގު ދައްކަން ޖެހޭނީ 25 އަހަރަށް ބަހާލައިގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 27 ސެޕްޓެމްބަރު 2017 | ބުދަ 08:54
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓްތަކަށް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 25،000 ރުފިޔާ ކަމަށާއި އަދި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 6،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓުގެ އަގު ދައްކަން ޖެހޭނީ 25 އަހަރު ދުވަހުން ކަމަށެވެ.

Advertisement - newsAdvertisement

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ލިބޭއިރު، 25 އަހަރު ވަންދެން މަހަކު 6،000 ރުފިޔާގެ ރޭޓުން ބަލާނަމަ ފްލެޓަށް ޖުމްލަ ދައްކަންޖެހެނީ 1.8 މިލިއަން ރުފިޔާ އެވެ. މިއީ މާލެ ސަރަހައްދުން މިހާރު ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ލިބޭ އަގާ ބަލާއިރު، ތިން ގުނަ އަގު ހެޔޮ އަދަދެކެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށާއި އަދި ކުއްޔަށް ދޫކޮށްފިނަމަ އެ ފްލެޓް އަތުލެވޭނެ ކަމަށެވެ. ފްލެޓް ދީފައިވަނީ އެތައް ބައެއްގެ ތެރެއިން ފްލެޓަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށާއި އެހެންކަމުން ފްލެޓް ލިބުނު މީހުން އެތަންތަނުގައި ދިރިއުޅޭކަން ޔަގީންކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓު މިމަހުގެ 11 ވަނަ ދުވަހު އިއުލާނުކުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަމާއި އައިޑީކާޑް ފަދަ އެއްވެސް މައުލޫމާތެއް ނުހިމަނައި، ހަމައެކަނި ފޯމް ނަމްބަރު ލިސްޓުގައި ހިމަނާފައި އޮތުމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއިން ފްލެޓުގެ މައްސަލަ ބަލަމުންދަނިކޮށް މިނިސްޓްރީން އަންގާރަ ދުވަހު ވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އިއުލާނުކޮށްފަ އެވެ.

ފްލެޓް ލިބޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ޒާތީ މައުލޫމާތު އާންމު ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިނިސްޓަރު ވަނީ ތަކުރާރު ކުރައްވާފަ އެވެ. ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކުރީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެކަން ކުރެއްވީ ވަކި އުސޫލެއްގެ ދަށުން ނޫން ކަމަށެވެ.

މިނިސްޓަރު ވަނީ ފްލެޓް ލިބިފައިވަނީ ކިހާ އަދަދެއްގެ މާކްސްއެއް ލިބިގެން ކަން ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާކްސް އަކީ ވެސް ޒާތީ މައުލޫމާތެކެވެ.

ހުޅުމާލޭގައި އަޅާފައިވާ 661 ފެލްޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފައިވާއިރު، ލިސްޓަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ފައިނަލް ލިސްޓް އާންމުކުރިއިރު، ކެޓަގަރީ އެކެއްގެ ފްލެޓް ލިބޭ 36 ފަރާތެއް ވަނީ ބަދަލުވެފަ އެވެ. އަދި ކެޓަގަރީ ދޭކުން ފްލެޓް ލިބޭ 24 ފަރާތެއް ވަނީ ބަދަލުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނެސްފައިވަނީ ދެމަފަރިންނަށް ފްލެޓް ލިބިފައިވޭތޯ ބެލުމަށް ފަހު ކަމަށާއި ދެމަފިރިންގެ ތެރެއިން ފްލެޓް ލިބޭނީ ކޮންމެވެސް އެކަކަށް ކަމަށެވެ. މީގެ އިތުރުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އެންމެ ހައްގުވެރި ކަމަށް ފެންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ހައްގުވެރި ކަމަށް ފެނުނު ފަރާތްތަކަށް ފްލެޓް ބަދަލުކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފައިނަލް ލިސްޓަށް ބަދަލު އައުން ނާދިރުކަމަށާއި އެހެން ނަމަވެސް، އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް