Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަކަންދޫ ކުއްލި ހާލަތަށް ގެނައުން

ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ކުއްލި ހާލަތު އިޢުލާންކޮށްފި

21 އެޕްރީލު 2020 | އަންގާރަ 17:55

ކުއްލި ހާލަތަށް ގެނެސްފައިވަނީ އެރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އެޕްރީލު 2020 | އަންގާރަ 17:55
ހއ. ތަކަންދޫ

ހއ. ތަކަންދޫ

ހއ. ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިޢުލާންކޮށް ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުސޫލެއް އާންމުކޮށްފިއެވެ.

ތަކަންދޫ ކައުންސިލުން ނެރިފައިވާ އުސޫލުގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، އެރަށަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ތަކަންދޫ މޮނިޓަރިންގ ހާލަތައް ގެނެވިފައިވުމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒި އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މޮނީޓަރިންގ ހާލަތުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގެއިން ބޭރަށް ނިކުމެ އުޅުން އެއްކޮށް މަނާކުރުމާއި، ރަށަށް އަރާ ފޭބުން އެއްކޮށް މަނާކުރުމާއި، ކޮންމެ ގޭބިސީއެއްގައި ބައްޔަށް ޝައްކު ކުރެވޭ މީހުން ގައިދުރުކޮށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ. އަދި ކަރަންޓީންކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ކަރަންޓީން ކުރެވޭ ފަރާތުން ނުވަތަ އެފަރާތުގެ އާއިލާއިން ހަމަޖެއްސުމަށް ދަތިވެއްޖެނަމަ ކޮވިޑް 19 ޓާސްކް ފޯސްގެ ފަރާތުން އެ ތަކެތި އެފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި، ކަރަންޓީން ކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސަވައި ދެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ދުރުވާ ފަރާތްތަކުން މަރުކަޒުގެ ފާމަސީއާއި ދިމާލުގެ އުތުރު ފަރާތު ދޮރު ބޭނުން ކުރުމާއި، ކޮވިޑް 19 ތަކަންދޫ ޓާސްކް ފޯހުގެ ފަރާތުން އަޅާވާފައިވާ އެންމެހާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއި، ކޮވިޑް 19 އިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ.

ކޮވިޑް-19 ތަކަންދޫ ޓާސްކްފޯސްގެ ހޮޓްލައިން ނަންބަރަކީ 9925489 އެވެ.

ތަކަންދޫ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން، ކުރުމަށް އަންގާފައިވާ ކަންކަމަށް ރައްޔިތުން ފުރިހަމައަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ. އަދި ރަށް މޮނިޓރިންގ ހާލަތަށް ގެނެވިފައި ވަނީ ގިނަ ބަޔަކު އެ އުޅަނދުން ރަށަށް ދަތުރު ކޮއްފާވާތީ ކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި ދިރިއުޅޭ އާބާދީ ގެ ގިނަ ބަޔަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބަޔަކު ދިރިއުޅޭ ރަށެއްކަމަށް ފާހަގަ ވެފައިވާތީ ކުއްލި ހާލަތަށް ގެންނަން ނިންމީ ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
12 އެޕްރީލު 2017

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް
12 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް