Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޫހާން ޓީމު އެނބުރި ގައުމަށް

104 ދުވަސް ފަހުން ވޫހާން ޓީމު އެނބުރި ގައުމަށް

ވޫހާން ޓީމު ވަނީ ސްޕެއިން އާއި ޖަރުމަންގައި ކަރަންޓީނުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އެޕްރީލު 2020 | އަންގާރަ 09:44
ވޫހާން ޒާލް ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން މަރުހާބާ ކިޔަނިކޮށް

ވޫހާން ޒާލް ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން މަރުހާބާ ކިޔަނިކޮށް

ޗައިނީޒް ސުޕަ ލީގުގައި ކުޅެމުން އަންނަ ވޫހާން ޒާލް ފުޓްބޯޅަ ޓީމު، 104 ދުވަސް ފަހުން އެނބުރި ގައުމަށް އަތުވެއްޖެއެވެ.

ވައިނާގައި ކޮރޯނާވައިރަސް (ކޮވިޑް-19) އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، ވުހާންގެ ފުޓްބޯޅަ ޓީމު ގޮސް ތިބީ ޓްރެއިނިން ކޭމްޕެއްގައި ސްޕެއިންގައެވެ. ސްޕެއިންގައި އެ ޓީމުން ހޭދަކުރި މުއްދަތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެހީތެރިކަން ވެސް ލިބުނެވެ.

ފަހުން ސްޕެއިންގައި ވެސް ވައިރަހުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ވުހާން ޓީމު ދިޔައީ ޖަރުމަނަށެވެ. އަދި އެއަށްފަހު އެނބުރި ވުހާނަށް އެ ޓީމު ދިޔައީ 104 ދުވަހަށް ފަހު އެވެ.

އެޓީމު އެނބުރި ވޫހާނަށް ދިޔުމުން ސަޕޯޓަރުންނާއި ކުޅުންތެރިންގެ އާއިލާތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ލޮކްޑައުނަށްފަހު ވޫހާން ސިޓީ ހުޅުވާލިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކޮށް، ވޫހާން ސިޓީ ހުޅުވާލި ނަމަވެސް، ފެބްރުއަރީ 22 ގައި ފަށަން ތާވަލުކުރި ލީގު، އަލުން ފަށާނެ ތާރީޚެއް އަދި ނިންމާފައެއް ނުވެއެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ޗައިނީޒް ސުޕަ ލީގު އަންނަ ޖޫން މަހު ފެށުމަށް ޗައިނާގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއާއެކު ކްލަބުތަކުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ވޫހާން ޓީމު އެނބުރި ގައުމަށް ދިޔައިރު، ޓީމުގެ ކުޅުންތެރިން އާއިލާއާ އެކު ވަގުތު ހޭދަކުރަން ފުރުސަތު ދިނުމަށް ފަހު، ވަރަށް އަވަހަށް ފަރިތަކުރުންތައް ފަށާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ ގޮންޒާލޭޒް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނީޒް ސުޕަ ލީގު މެދު ކަނޑާލާފައިވާއިރު، ޗައިނީޒް ސުޕަ ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއާން ފެލައީނީ އެވެ. ބެލްޖިއަމްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރުމަށް ފަހު، ފެލައިނީ ވަނީ މާޗު މަހު ކުރީކޮޅުގައި ރާއްޖެ އަށް ޗުއްޓީއަކަށްވެސް އައިސްފަ އެވެ. ފެލައިނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެނބުރި ޗައިނާ އަށް ދިޔަ ފަހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، ކޮވިޑް-19 އިން ސަލާމަތްވުމުން ފެލައިނީ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު