Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު ފަސްކުރުން

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް ކޮމިޓީން އެދިއްޖެ

ކައުންސިލް އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމާއި ގުޅިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އެޕްރީލު 2020 | ހޯމަ 03:01
މިނިވަން މުއައްސަސާތަކުގެ މުގައްރިރު ރޮޒައިނާ އާދަމް

މިނިވަން މުއައްސަސާތަކުގެ މުގައްރިރު ރޮޒައިނާ އާދަމް

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގެ މަސަކަތް އަވަހަށް ނިންމުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރެވިފައިވާތީ، އިންތިހާބަށް ކުރިމަތިލި ސިވިލްސަރވިސް މުވައްޒަފުންގެ ސަސްޕެންޝަނާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައިވާ "ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ގެ މައްސަކަތް ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަވައިދެއްވުމަށް ރައީސް ނަޝީދަށް ދެންނެވުމަށް، 16 އޭޕްރީލް 2020 ވީ ބުރާސްފަތު ދުވަހު ބޭއްވި އެ ކޮމިޓީގެ މި އަހަރުގެ 32 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ.

ކޮމިޓީން ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ މުއްދަތު 3 ޖޫން 2020 ވަނަ ދުވަހަށް ހަމަވާތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން 4 އޭޕްރީލް 2020 ގައި އިންތިޚާބުގެ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރައްވާފައިވަނިކޮށް، ކޮވިޑް-19 އާ ގުޅިގެން 12 އޭޕްރީލް 2020 ގެ ދުވަހާ ހަމައަށް ޢާންމު ސިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުން 18 އޭޕްރީލް 2020 އަށް ލަސްކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޢާންމު ސިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު 30 އޭޕްރީލް 2020 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުގެ މަތިން 2020 ވަނަ އަހަރު ބާއްވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލައިފިނަމަ، އެ މީހަކު އެ އިންތިޚާބަކަށް ކުރިމަތިލާ ތާރީޚުން ފެށިގެން އެ މީހަކު ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ސިވިލް ސަރވިސް ގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލުގެ އިންތިޚާބަކުން އެ މީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، ނުވަތަ އިންތިޚާބަކަށް ކުރިމަތިލީ ގޮނޑިއަށް އެ މީހަކު ނުހޮވިއްޖެނަމަ، އެ މީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަވުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެ ކަމަށެވެ.

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިވިލް ސަރވިސްގެ އެތަކެއް މުވައްޒަފުން ކުރިމަތިލާ، އެ ފަރާތްތަކަކީ އިންތިޚާބުގައި ވާއްދަކުރައްވާ ކެނޑިޑޭޓުން ކަމުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާކަން ފާހަގަކޮށް، މި މުވައްޒަފުން ވަނީ އިންތިޚާބު ބޭއްވުމުގެ 30 ދުވަސްކުރިން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑުވެފައިކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވެ އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އެނގެން ނެތްކަމުން، މުއްދަތެއް ނެތްގޮތެއްގައި ސިވިލް ސަރވިސް މުވައްޒަފުންތަކެއް ސަސްޕެންޝަނުގައި ހުންނަންޖެހިފައިވާތީއާއި އަދި ކޮވިޑް-19 ގެ މި ޙާލަތުގައި އިންތިޚާބު ނުބޭއްވި ގިނަ ދުވަސްތަކެއްވަމުންދާ މި ދަނޑިވަޅުގައި ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ސަސްޕެންޑުވެފައިވާ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ނުލިބި ގިނަ ދުވަސްތަކެއް ހިނގަމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުވައްޒަފުންނަށް ލިބެންޖެހޭ ރަމަޟާން މަހުގެ ޢިނާޔަތް އެ މުވައްޒަފުންނަށް ލިބޭގޮތްވެފައި ނުވުމަކީ ކޮމިޓީން ކަންބޮޑުވާކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނީ ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވެ އެކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެންގުމުން ކަމަށްވެފައި، އެ ޙާލަތު އަންނާނެ ތާރީޚެއް މިވަގުތު އެނގެން ނެތުމާ ގުޅިގެން، އެ ކަމުގެ ސަބަބުން ދިމާވެދާނެ ޤާނޫނީ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވައި، އަދި ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައިވާ "ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަކީ މުހިންމުކަމެއްކަމުގައި ކޮމިޓީން ދެކޭ ކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު