Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކަކު އަނެކަކަށް އެހީވުން

ގޭގެއަށް ކާޑު އުފުލުމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިއްބެ

ކޮވިޑް-19 އާ ގުޅިގެން ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އެޕްރީލު 2020 | ހޮނިހިރު 10:52
2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު އިއްބެ ނޮޅިވަރަންފަރުގައި

2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ތައްޓާއެކު އިއްބެ ނޮޅިވަރަންފަރުގައި

ހދ. ނޮޅިވަރަންފަރު ރައްޔިތުންނަށް އެހީވުމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހަރަކާތްތެރިވާން ފަށައިފި އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ރާއްޖެއިން މީގެ ކުރިން ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ބާކީބައި ކެންސަލް ކޮށްފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އޭއެފްސީން ވަނީ ނިންމާފައެވެ. މިއަހަރުގެ އޭއެފްސީ ކަޕްގައި އިއްބެ ކުޅަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވާދަ ކުރަމުން އަންނައިރު، މީގެ ކުރިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ މިދިޔަ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު އިންޑިއާގެ ޗެންނާއީގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީއާ ދެކޮޅަށް ކުޅެފައެވެ.

ފުޓްބޯޅަ ސީޒަން ކެންސަލްކުރުމާއެކު އިއްބެ އޭނާގެ އަމިއްލަ ރަށަށް ދިޔައިރު، އެ ރަށުގެ ގޭގެއަށް ކާޑު އުފުލުމުގައި އިއްބެ ހަރަކާތްތެރިވާ ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުކުރު ދުވަހުން ފެށިގެން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވީ ނަމަވެސް، ރަށްރަށަށް ބޭނުންވާ އަސާސީ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއާއެކު ނޮޅިވަރަންފަރު ރައްޔިތުންގެ ގޭގެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އުފުލުމަށް ބަޔަކު ހޯދަން އިއުލާނުކުރުމާއެކު، އިއްބެ އަންނަނީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެޗްޕީއޭއިން އަޅަން ނިންމި ފިޔަވަޅުތަކާއެކު ގާތް ގަނޑަކަށް މުޅި ރާއްޖެވަނީ ''ލޮކްޑައުން'' ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް އަރާފައިވާއިރު، 16 މީހަކު މިހާތަނަށް ވަނީ މި ވައިރަހުން ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު