Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ތާވަލުކުރުން

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް 29 އަށް ތާވަލުކުރަނީ

16 އެޕްރީލު 2020 | ބުރާސްފަތި 20:35

މީގެ ކުރިން ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އެޕްރީލު 2020 | ބުރާސްފަތި 20:35
މިދިޔަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ލިވަޕޫލް

މިދިޔަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ލިވަޕޫލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން، ޔުއެފާއިން މީގެ ކުރިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެދު ކަނޑާލާފައިވާ ފުޓްބޯޅަ ސީޒަނާ މެދު ގޮތެއް ނިންމުމަށް މި މަހުގެ 23 ވަނަ ދުވަހު މެމްބަރު ގައުމުތަކާއެކު ޔުއެފާއިން ބައްދަލުކުރާނެ އެވެ.

އެގޮތުން ކުރިޔާލާ މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ. މީގެ ކުރިން ޔުއެފާއިން ވަނީ ޔުއެފާގެ ހުއްދަ ނުހޯދައި ލީގުތައް ކެންސަލް ނުކުރަން އަންގާފައެވެ. އެކަމަކު ދާދި ފަހުން ބެލްޖިއަމުން ވަނީ ބެލްޖިއަމް ޕްރޯ ލީގު ކެންސަލްކޮށް އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން ނިންމައިފަ އެވެ.

މީގެ އިތުރުން މި ބައްދަލުވުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރަންވެސް މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ މެއި މަހުގެ 30 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލް ގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރާއިރު، ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ތާވަލުކުރާނީ އޮގަސްޓް މަހުގެ 26 އަށެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޔުއެފާއިން ނިންމާފައިވާއިރު، މި ދެ މުބާރާތް އަލުން ފަށަން ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ދެ މުބާރާތް ކެންސަލްކުރަން ވެސް ޖެހިދާނެ ކަމަށް ޔުއެފާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ނޮކައުޓް މެޗުތައް ފަށާފައިވަނިކޮށް ހުއްޓާލަން ޖެހުނީ ޔޫރަޕްގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުންނެވެ. އެންމެ ފުރަތަމަ ޖޫން މަހުގެ ނިޔަލަށް މި ދެ މުބާރާތް ނިންމަން ތާވަލުކުރި ނަމަވެސް ފަހުން ވަނީ ހާލަތު ރަނގަޅުވަންދެން މުއްދަތެއް ނެތް ގޮތަށް މުބާރާތް ފަސްކޮށްފަ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން ވެސް ހުއްޓިފައިވާއިރު، ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްވެސް ޔުއެފާ އިން އަންނަނީ ގައުމުތަކާ އެކު މަޝްވަރާކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް