Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޯންމަތުގެ ނިންމުން ބަދަލުކުރުން

ބޯންމަތުންވެސް އެ ކްލަބުގެ ނިންމުން ބަދަލުކޮށްފި

15 އެޕްރީލު 2020 | ބުދަ 03:55

ޓޮޓެންހަމުން މީގެ ކުރިން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އެޕްރީލު 2020 | ބުދަ 03:55
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމް

ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމް

ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލަން ނިންމި ނިންމުން ބޯންމަތުން ބަދަލުކޮށްފި އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޯންމަތުން މީގެ ކުރިން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން، އެ ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފޮނުވާލުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

އަންގާރަ ދުވަހު ބޯންމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބުގެ ސަޕޯޓަރުންގެ އަޑުއަހައި، މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން ނިންމި ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ބޯންމަތުގެ ކޯޗު އެޑީ ހައު ވަނީ އޭނާގެ މުސާރަ ކުޑަކުރަން އަމިއްލައަށް ނިންމާފައެވެ. މިއީ ޕްރިމިއާ ލީގުގެ ކޯޗަކު މުސާރަ ކުޑަކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ބޯންމަތުގެ އެސިސްޓަންޓް ކޯޗު ޖޭސަން ޓިންޑޯލް އާއި، ޗީފް އެގްޒެކެޓިވް ނީލް ބްލޭކް އާއި، ޓެކްނިކަލް ޑިރެކްޓަރު ރިޗަޑް ހިއުސްވެސް ވަނީ މުސާރަ ކުޑަކުރަން ނިންމާފައެވެ.

ބޯންމަތުގެ ނިންމުން ބަދަލުކުރިއިރު، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ޓޮޓެންހަމުން މީގެ ކުރިން ވަނީ މުވައްޒަފުން ނޯޕޭއަށް ފޮނުވުމަށް ނިންމި ނިންމުން ބަދަލުކޮށްފައެވެ. އެ ދެ ކްލަބުންވެސް އެ ނިންމުން ބަދަލުކުރީ ސަޕޯޓަރުންގެ ފަޑުކިޔުމާ ގުޅިގެންނެވެ.

މިހާރު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވާލަން ނިންމާފައި ވަނީ ނިއުކާސަލް ޔުނައިޓެޑާއި ނޯވިޗް ސިޓީން އެކަންޏެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

02 ޖުލައި 2017

17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި

02 ޖުލައި 2017
17 އަހަރުން ދަށުގެ ވޯލްޑްކަޕް: އިންޑިއާގެ މެޗުތައް ނިއު ދިއްލީއަށް ބަދަލުކޮށްފި
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
18 މެއި 2017

މަގާމު ދެމެހެއްޓޭނީ ކްލަބުގެ ނަން ބޮޑުވެގެން ނޫން: ސޮބާ

18 މެއި 2017
މަގާމު ދެމެހެއްޓޭނީ ކްލަބުގެ ނަން ބޮޑުވެގެން ނޫން: ސޮބާ
11 މެއި 2017

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
12 އެޕްރީލު 2017

އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

12 އެޕްރީލު 2017
އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް