Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާ

ޔޫރަޕުން އިއްޔެ 26،000 މީހުން ޕޮޒިޓިވްވި އިރު އެމެރިކާއިން އެކަނި ވެސް 26،000 މީހުން ޕޮޒިޓިވްވެފައިވޭ

އެމެރިކާއިން މިހާތަނަށް 6 ލައްކައާއި ގާތްކުރާ އަދަދކަށް މީހުން ވަނީ ޕޮޮޒިޓިވްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އެޕްރީލު 2020 | އަންގާރަ 13:29
އެމެރިކާގެ ހޮސްޕިޓަލެގައި ކޮވިޑް-19 ގެ ބަލިމީހުންނަސް ފަރުވާދެނީ

އެމެރިކާގެ ހޮސްޕިޓަލެގައި ކޮވިޑް-19 ގެ ބަލިމީހުންނަސް ފަރުވާދެނީ

ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު ހޯމަ ދުވަހުގެ ނިޔަލަށް މުޅި ޔޫރަޕުން ޕްރޮޒިޓިވްވި މީހުންގެ އަދަދަށްވުރެ އެމެރިކައިން ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ހުރިހާ ގައުމުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 26،276 އެވެ. ނަމަވެސް އެމެރިކާއިން އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 26،641 ގައެވެ. މިއީ 365 އިތުރު އަދަދެކެވެ. އެމެރިކާއިން މިހާތަނަށް 587،173 މީހަކު ވަނީ ޕޮޮޒިޓިވްވެފައެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު، ސްޕެއިން އިން ހޯމަ ދުވަހު ރިޕޯޓް ކޮށްފައިވަނީ 3268 ޕޮޒިޓިވް ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ އިޓަލީންނެވެ. އިޓަލީން ހޯމަ ދުވަހު 3153 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވާ އިރު ފްރާންސުން ވަނީ 4188 ކޭސް ރިޕޯޓްކޮށްފައެވެ. ޖަރުމަނުން 2218 ކޭސް ރިޕޯޓްކޮށްފައިވާ އިރު، ޔޫކޭ އިން ވަނީ 4342 ޕޮޒިޓިވް ކޭސް އަލަށް ހޯމަ ދުވަހު ރިޕޯޓް ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޔޫރަޕްގެ މި ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން ވަނީ 9107 ޕޮޒިޓިވް ކޭސް ހޯމަ ދުވަހު އަލަށް ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުކަމަށްވާ ޔުނައިޓެޑް ސްޓޭޓް އޮފް އެމެރިކާއިން އެކަނި ވަނީ 26،641 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައެވެ. އުތުރު އެމެރިކާގެ ގައުމުތަކަށް ބަލާއިރު 28،769 މީހަކު ހޯމަ ދުވަހު އެކަނި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. ޔޫއެސް ފިޔަވައި އުތުރު އެމެރިކާގެ އެހެނިހެން ގައުމުތަކުން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވަނީ 2128 ޕޮޒިޓިވް ކޭސްއެވެ.

ދެކުނު އެމެރިކާއަށް ބަލާލާއިރު ހޯމަ ދުވަހު ޖުމްލަ 4113 ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ. އެންމެ ގިނަ ކޭސް ހޯމަ ދުވަހު ރިޕޯޓްކުރީ ޕެރޫ އިންނެވެ. އެގައުމުން ވަނީ 2265 ކޭސް ރިޕޯޓްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނައިން ދެކުނު އެމެރިކާއިން ކޭސް ހޯމަ ދުވަހު ރިޕޯޓްކުރީ ބްރަޒިލްއިންނެވެ. ބްރަޒިލްއިން ވަނީ 1238 ކޭސް ރިޕޯޓްކޮށްފައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، އޯޝިއާނާގެ ގައުމުތަކުން ޖުމްލަ މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 7857 ކޭސްއެވެ. އެފްރިކާ ބައްރުން ރިޕޯޓްކޮށްފައިވަނީ 16030 ކޭސްއެވެ. އޭޝިއާގެ ގައުމުތަކުން މިހާތަނަށް ވަނީ 314،402 ކޭސް ރިޕޯޓްކޮށްފައެވެ. މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު މިހާތަނަށް 1.9 މިލިއަން މީހުން ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މިހާތަނަށް 120،000 އަށްވުރެ ގިނަ މީހުން މިހާތަނަށް މި ބަލީގައި މަރުވެފައިވާ އިރު، 459،427 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު