Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮވިޑް-19

ކެނީ ޑަލްގްލިޝް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޑަލްގްލިޝް ވަނީ ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 19:33
ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ކެނީ ޑަލްގްލިޝް

ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ކެނީ ޑަލްގްލިޝް

ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޑަލްގްލިޝް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ވަނީ މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

އުމުރުން 69 އަހަރުގެ ޑަލްގްލިޝްގެ އާއިލާއިން ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އަދި މިހާތަނަށް އޭނާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ. އަދި ޑަލްގްލިޝްގެ ހާލު ރަނގަޅު ކަމަށްވެސް ވަނީ ބުނެފައެވެ.

ސްކޮޓްލެންޑަށް އުފަން ޑަލްގްލިޝް ވަނީ 1977 އިން 1990 އަށް ލިވަޕޫލަށް ކުޅެފައެވެ. އޭގެ ކުރިން ސެލްޓިކަށްވެސް ކުޅުނު ޑަލްގްލިޝް ވަނީ ލިވަޕޫލަށް ކުޅެދިން 355 މެޗުގައި 118 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު އިނގިރޭސި ލީގު ހަ ފަހަރު އަދި ޔޫރަޕިއަން ކަޕް އެއް ފަހަރު ހޯދާފައެވެ. އަދި ޑަލްގްލިޝް ވަނީ 1983 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑުގެ ދެވަނަ ހޯދާފައެވެ.

ސްކޮޓްލެންޑުގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައިވާ ޑަލްގްލިޝް ލިވަޕޫލަށް އެންމެ ފުރަތަމަ ކޯޗުކަން ކޮށްދިނީ 1985 އިން 1991 ވަނަ އަހަރުގެ ނިޔަލަށެވެ. މި މުއްދަތުގައި އޭނާ ލިވަޕޫލަށް އިރުޝާދު ދީފައިވަނީ ޓީމުގެ ކުޅުންތެރިއެއްގެ ދައުރުވެސް އަދާކުރަމުންނެވެ. އޭގެ ފަހުން ޑަލްގްލިޝް ވަނީ 2011 އިން 2012 އަށް ލިވަޕޫލަށް އިރުޝާދު ދީފައެވެ.

ލިވަޕޫލްގެ ކުރީގެ ފޯވާޑް ޑަލްގްލިޝް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި މިހާރު ވަނީ ވައިރަހުން ސަލާމަތްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

21 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ޔުވެންޓަސްގެ ޑިފެންޑަރު މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

17 މާރިޗު 2020
ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

17 މާރިޗު 2020
ވެލެންސިއާ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ވެލެންސިއާ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

15 މާރިޗު 2020
ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

14 މާރިޗު 2020

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު