Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަސަން ލަތީފް

ޝަރީއަތް ހިންގާނެ ގޮތުގެ އިރުޝާދާއެކު ހަސަން ލަތީފްގެ ފާޑުކިއުން ސުޕްރީމް ކޯޓާއި ޖޭއެސްސީއަށް

ހަސަން ލަތީފް ވަނީ ޖޭއެސްސީގައި އެމްޑީޕީގެ އިސް މީހުން ތިބެގެނ މިފަދަ ކަމެއް ނިންމުމުން ފާޑު ވިދާޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އެޕްރީލު 2020 | ހުކުރު 10:27
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ކޯޓުތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ހިންގާނޭ ގޮތުގެ ޤަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލާ އެހެން ކޯޓުތަކުން އަމަލުކުރަންވީގޮތް އަންގާފައިވާތީ އެކަމާއި ގުޅިގެން ސުޕްރީމް ކޯޓަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީއަށް) ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި، ބުދަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ގަވާއިދުގެ 6 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓަލާ ކަމަށެވެ.

އެގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ޖިނާޢީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމާގުޅޭ، ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދު"ގެ ނަމުގައި ޤަވާއިދެއް ހަދާފައިވާ ކަމަށެވެ. އަދި މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޤަވާއިދަށް ޢަމަލުކުރަމުން ގެންދާގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް މި ސަރކިއުލަރގައި ވެއެވެ.

ބުރާސްފަތި ދުވަހު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލާގައި ހުރި އިބަރާތްތަކުން ދޭހަވަނީ އިރުޝާދު ދީފައިވާތަން ކަމަށެވެ. އަދި މީގެ ކުރިން އެންމެބޮޑަށް ހިންހަމަނުޖެހި ކަންބޮޑުވުން ފާޅުކޮށްފައިވާނީ ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުގެ މައްޗަށް ކަންކުރަންވީގޮތް އަންގާ ބަސްބުނާ ބުނުންކަމަށާއި، މިހާރުވެސް ފެންނަމުން އަންނަނީ އެމަންޒަރުކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އަޅާނުލާ ދޫކޮށްލައިގެން ތިވެންޖެހޭވަރުގެ ކަމެއް ނޫން ކަމަށެވެ. ހަސަން ލަތީފްވަނީ މި މައްސަލައިގައި ޖޭއެސްސީއަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވެސް ޖޭއެސްސީގައި ތިއްބަވަނިކޮށް ސުޕްރީމް ކޯޓުގެ އެފަދަ ނިންމެވުމަކަށް އެ ކޮމިޝަނުން ތާއީދު ކުރެއްވީތީ ހަސަން ލަތީފު ވަނީ އެ ކަމުގައި ވެސް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ރުހުން ދިން ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ތިބިއިރު އެފަދަ ސާކިއުލާއެއް ނެރުމުން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފްގެ ވާހަކައަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ އެ ޕާޓީގެ ގިނަ މެންބަރުން ވަނީ ތާއިދު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު