Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ޕްރިމިއާ ލީގު ކްލަބުތަކަށް މިލިއަން ޕައުންޑުގެ އެޑްވާންސް ޕޭމެންޓް ދެނީ

10 އެޕްރީލު 2020 | ހުކުރު 09:38

ޕްރިމިއާ ލީގުން އަންނަނީ ޓީވީ ރައިޓްސް ވިއްކައިގެން ބޮޑު އާމްދަނީ އެއް ހޯދަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 10 އެޕްރީލު 2020 | ހުކުރު 09:38
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން

ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބުތަކަށް މާލީ ގޮތުން ދިމާވާނެ ދަތިތަކުން އަރައިގަތުމަށް އިނގިރޭސި ޕްރިމިއާ ލީގު ކްލަބުތަކަށް ޓީވީ ފީގެ ގޮތުގައި އެއް މިލިއަން ޕައުންޑްގެ އެޑްވާންސް ޕޭމެންޓްއެއް ދޭން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނުގައި ކްލަބްތަކަށް ކުރިޔަށް ހުރި މެޗުތަކަށް ބަލައި ޓީވީ ރައިޓްސް ވިއްކައި އެއް މިލިއަން ޕައުންޑުގެ ފައިސާ ހޯދުމުގެ ހުއްދަ ޕްރިމިއާ ލީގުން ދޭން ނިންމީ ކްލަބުތަކަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުންނެވެ. މީގެ އިތުރުން އަންނަ ސީޒަނަށް ތައްޔާރުވުމަށް ވެސް ކްލަބުތަކަށް މާލީ ގޮތުން އެހީވުމަށް ޕްރިމިއާ ލީގުން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނުގައި ކުރިޔަށް ހުރި މެޗުތައް ކުރިޔަށް ނުގެންދެވިއްޖެ ޕްރިމިއާ ލީގަށް 762 މިލިއަން ޔޫރޯގެ ގެއްލުން ވާނެއެވެ. ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ވިއްކައިގެން އަންނަނީ ބޮޑު ފައިދާ އެއް ނަގަމުންނެވެ.

ޕްރިމިއާ ލީގު ކްލަބުތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޕްރިމިއާ ލީގުގެ ކުޅުންތެރިން އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސް އަށް އެހީވަމުންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން ވަނީ "ކުޅުންތެރިން އެކުގައި" މި ނަމުގައި ކެމްޕޭނެއް ތާރަފުކޮށްފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް 60،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕްރިމިއާ ލީގު ކުޅުންތެރިންގެ މި ކެމްޕޭން މެދުވެރިކޮށް ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީވުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބުތަކުން މީގެ ކުރިން ވަނީ ނެޝަނަލް ހެލްތު ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރުމަށް ނިންމާފައެވެ.

އަދި ކްލަބުތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން ވަރަށް އަވަހަށް 30 އިންސައްތަ އުނިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް ޕްރިމިއާ ލީގުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައިވަނީ ސައުތެމްޓަނުން އެކަންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް