Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19: ކޮޗިންއިން ގެނައި 189 ދިވެހިން ކަރަންޓީން ކޮށްފި

ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހިން އަދި ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވި 118 މީހަކު ވަނީ އަނބުރާ ގެެނެސްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އެޕްރީލު 2020 | އަންގާރަ 17:33
ކޮޗިން އެއަރޕޯޓުގައި ތާށިވެފައި ތިބި ދިވެހިންތަކެއް / ފައިލް ފޮޓޯ

ކޮޗިން އެއަރޕޯޓުގައި ތާށިވެފައި ތިބި ދިވެހިންތަކެއް / ފައިލް ފޮޓޯ

އިންޑިއާގެ ކޮޗިންގައި ނާދެވި ތާށިވެފައި ތިބި 189 ދިވެއްސެއް ރާއްޖެ ގެނެސް ކަރަންޓީން ކޮށްފިއެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އަންގާރަ ދުވަހު އިންޑިއާގެ ކޮޗިން އިން ރާއްޖެ ގެނައި 189 ދިވެހިން މިހާރު ތިބީ އޮޅުވެލިފުށި ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ޞިއްޙީ އެކި އުނދަގުލުގައި ބޭސް ފަރުވާއަށް ދިޔަ މީހުންނާއި ނާދެވި ތާށިވެފައި ތިބި މީހުން ކަމަށެވެ.

އަންގާރަ ދުވަހު ރާއްޖެ ގެނައި 189 ދިވެހިންގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހިންނާއި، ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވި 118 މީހަކު ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހުން އޮޅުވެލިފުށި ރިސޯޓަށް ކަރަންޓީނަށް ގެންދިއުމާއެކު އެ ކަރަންޓީން ފެސިލިޓީގައި ނަރުހުންނާއި ޑޮކްޓަރުންގެ އަދަދު އިތުރު ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގައި ތިބި ބައެއް ދިވެހިން އަންގާރަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު، މޯލްޑިވިއަނުން ހޯމަ ދުވަހު ވަނީ ސްރީ ލަންކާގައި ތިބި 100 ދިވެހިން ގެނެސްފައެވެ. މީގެ އިތުރުން މެލޭޝިއާ އިން ދިވެހިން ގެނައުމަށް އަންގާރަ ދުވަހުގެރޭ 8:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު