Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޓަރނީ ޖެނެރަލް

މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގާނޫނީ ހުރަހެއް ނެތް: ބަންޑާރަ ނައިބު

ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 އެޕްރީލު 2020 | ހޯމަ 12:51
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާ އާގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލަން ކޮށްފައިވީނަމަވެސް، މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އެޓަރނީ ޖެނެރަލް މިހެން ވިދާޅުވީ، ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ގާނޫނު އަސާސީ އަށް އިސްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސުވާލު އުފައްދަމުން ގެންދަވާތީ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކައުންސިލް މެމްބަރުންގެ ދައުރު ދިގުދެއްމުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އެވެ. މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރެވިދާނެތޯ ސުވާލު އުފައްދަވާ، ރައީސް ނަޝީދު ވަނީ އެ ސުވާލު އުފައްދަވާފަ އެވެ.

އެމައްސަލައަށް މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.

އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ ކަމަށެވެ. އަދި ތިނެއް ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން ކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވި އެވެ.

މީގެއިތުރުން ރިފްއަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް އެޓަރނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.

މިހާލަތުގައި ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ވިދާޅުވާ މެމްބަރުން ސަބަބެއް ކަމަށް ވިދާޅުވަމުން ގެންދެވީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތަށް ހަނިކުރެވޭގޮތަށް، އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތައް ހަނިކުރެވިފައިވާތީ އެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ނުކުރެވޭނެކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މިހާލަތުގައި ވެސް ޤާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދަވާ މެމްބަރުން ވިދާޅުފައިވަނީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި، މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ދެ ހާލަތެކެވެ. އެގޮތުން އެ މެމްބަރުން ވިދާޅުވިގޮތުގައި ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަންޖެހިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރުކަމުން، މިއީ ދެ ހާލަތެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވިފައިވާއިރު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް ދައުރު ހަމަވާނެ އެވެ. އެހެންކަމުން ކައުންސިލްތަކުގެ ދައުރު ބަޔާންކުރާ ގާނޫނުއަސާސީގެ މާއްދާ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އެބިލާއެކު "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ވެސް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ހާއްސަ ބިލް ފަރުމާކުރެއްވި، އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ. އެގޮތުން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެންބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާގޮތަށެވެ.

ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށްވެސް އެބިލްގައި ބަޔާން ކޮށްފައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރީލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. މިހާލަތުގައި އެތާރީހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ފެންނާތީ، އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންނާއި އެޓަރނީ ޖެނެރަލް އަދި އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު