Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފި

6 އެޕްރީލު 2020 | ހޯމަ 07:57

މީގެކުރިން ދެފަހަރެއްގެ މަތިން ޓެސްޓްކިޓްތަކެއް ހަދިޔާކޮށްފައިވޭ، މިހާރު ޖުމްލަ 11،000 ޓެސްޓްކިޓް ޑަބްލިޔުއެޗްއޯއިން ވަނީ ހަދިޔާކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އެޕްރީލު 2020 | ހޯމަ 07:57
ކޮވިޑް-19 އަށް ޓެސްޓްކުރާ ލެބޯޓަރީ ޓެސްޓްކިޓް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮވިޑް-19 އަށް ޓެސްޓްކުރާ ލެބޯޓަރީ ޓެސްޓްކިޓް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ހެލްތު މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރާ އިތުރު 5،000 ޓެސްޓްކިޓް ޑަބްލިޔުއެޗްއޯއިން ހޯމަ ދުވަހު ރާއްޖެއަށް ހަދިޔާކުރިއިރު، މީގެކުރިން ދެ ފަހަރެއްގެ މަތިން 6،000 ޓެސްޓްކިޓް ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ޖުމްލަ 11،000 ޓެސްޓްކިޓް މިވަނީ ހަދިޔާ ކޮށްފަ އެވެ.

Advertisement - newsAdvertisement

މި ޓެސްޓްކިޓްތައް ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވާފައިވާއިރު، މިލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރު އެވެ. މިރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިޔައްޔާތުގައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ނުރައްކާތެރިކަން ވަކި ކުޑަ ނޫންކަމަށާއި މިކަމަށް އެންމެންވެސް ފަރުވާތެރިވެގެން، ސަރުކާރާ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަންތެރިކަން އަދާކޮށް، އިޖުތިމާއީ ގައިދުރުކަމާއި ގޭގައި ތިބުން މުހިއްމު ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިހާތަނަށް ރާއްޖެއިން ވަނީ 1،500 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވީ އައިޖީއެމްއެޗުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދްމަތް 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، އައިޖީއެމްއެޗުގައި ޓެސްޓު ހެދުމަށްޓަކައި ލެބޯޓަރީ ޓީމުން 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތްކޮށް މިހާރު ދުވާލެއްގެ މައްޗަށް 200 ޓެސްޓު ހެދުމުގެ ގާބިލުކަން ހުރި ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ، މިހާރު މަސައްކަތްކުރަމުން ދަނީ ޓެސްޓު ހެދުމަށް ބޭނުންވާ އިތުރު މެޝިނެއް ގެނެސް ޓެސްޓުކުރުމުގެ ގާބިލިއްޔަތު ދުވަހެއްގެ މައްޗަށް 300 އަށް އިތުރުކުރުން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް