Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ރިސޯޓުތަކުގެ މުވައްޒަފުން ކަނޑަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބެލުމަށް ހުށަހަޅައިފި

ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކަނޑާނަމަ އެއީ ރާއްޖޭގެ ލައްކައަކަށްވުރެ ގިނަ މީހުންނަށް އަސަރުކާރު ކަމެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 އެޕްރީލު 2020 | ބުދަ 08:44
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކެނޑުމާއި މުސާރަ ނުލިބޭގޮތަށް ފޮނުވާލަމުންދާ (ނޯޕޭ ލީވް) މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިފިއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ، ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކައި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 179 ވަނަ މާއްދާގެ (ހ)ގެ ދަށުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ފޮނުއްވާފައިވާ މައްސަލައަށް ބަހުޘް ކުރައްވަމުން ސަލީމް ވަނީ ފަންނީ ވާހަކަތަކެއް ދަކަވާފައެވެ. ގާތްގަނޑަކަށް ހުރިހާ ދާއިރާތަކަށް އަލިއަޅުވާލައްވައި، ރާއްޖޭގެ އިގްތިޞާދު ހަމަޔަކަށް އެޅުވުމަށް ކުރެވިދާނެ ކަންކަމާމެދު ފަންނީ ގޮތެއްގައި އަލިއަޅުވާލައްވާފައިވާތީ ސަލީމުގެ އެވާހަކަތަކަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ތަޢުރީފު ކުރައްވައި، އެވާހަކަތަކާއި ގުޅިގެން އިތުރަށް އެމަނިކުފާނު ވިދާޅުވާނެ ވާހަކަފުޅެއް ނެތްކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސަލީމްގެ ވާހަކައިގެ ތެރެއިން، އެންމެ ކަންބޮޑުވުމެއް ފާޅުކުރައްވާފައިވަނީ ރިސޯޓުތަގެ މުވައްޒަފުން ކަނޑަމުންދާ މައްސަލައަށެެވެ. ސަލީމް ވިދާޅުވީ ރާއްޖޭގެ 38 ރިސޯޓްކުން މުވައްޒަފުންގެ މުސާރަ އުނިކޮށް، އަދި މުސާރަ ނުލިބޭގޮތަށް 11،000 މުވައްޒަފުން ރިސޯޓުތަކުން ބޭރުކުރަމުންދާކަން ކަމާ ގުޅުންހުރި ބައެއް ފަރާތްތަކުން ހާމަކުރަމުންދާ ކަމަށެވެ. އަދި ރިސޯޓް މުވައްޒަފުންގެ ގޮތުގައި 20،000 މުވައްޒަފުން އުޅޭއިރު، އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 100،000 އެއްހާ މީހުންނަށް ސީދާ ގޮތެއްގައި އަސަރުކޮށް، ނިކަމެތި ޙާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ރިސޯޓުތަކުގެ މުވައްޒަފުންނާމެދު އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީއަށް ހުށަހަޅައި އެކޮމެޓީން އެމައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދެއްވުމަށްއެދި، ހުށަހަޅުއްވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ، ހަމައެކަނި ޓޫރިޒިމަށް ބަރޯސާވެގެން ތިބެވެން ރާއްޖެއަށް ނެތްކަން މިދަނީ ފެންނަމުން ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، އެދާއިރާއާ ގުޅުންހުރި ގިނަ ބައެއްގެ ޢާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތް ވެސް މިވަނީ ހުއްޓުމަކަށް އައިސްފަ ކަމަށެވެ.

އެގޮތުން، ރިސޯޓްތަކުގެ ފަރާތުން އެއަރޕޯޓްގައި ޙަރަކާތްތެރިވާ މުވައްޒަފުންނާއި ލޯންޗުފަހަރު ފަދަ ދަތުރުފަތުރުގެ ދާއިރާގެ ޙަރަކާތްތެރިވާ މީހުންނާއި އަދި ކަނޑުމަހާއި ފަރުމަސް ބާނައިގެން ރިސޯޓްތަކަށް ވިއްކަމުންދިޔަ ފަރާތްތަކަށް ލިބެމުންދިޔަ އާމްދަނީ ހުއްޓުމަކަށް އައިސްފައިވާއިރު، ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި އެ ވިޔަފާރިއާ ގުޅުންހުރި ފަރާތްތަކަށް ލިބެމުންދިޔަ ޢާމްދަނީވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

ކޮވިޑް-19 ރޯގާ އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ނިމިދިޔަ މާރޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައިވާއިރު، ރާއްޖޭގެ ރިސޯޓްތަކުގައި މިވަގުތު ތިބީވެސް ވަރަށް މަދު އަދަދެއްގެ ފަތުރުވެރިންނެވެ.

ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރުވެފައިވާއިރު، މިއަށްވުރެބޮޑަށް ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރި ދުވަސްވަރެއް ނާދެއެވެ. ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއެއް އަދާކުރަނީ ވެސް ޓޫރިޒަމް ދާއިރާއިން ކަމަށްވާތީ، އިޤުތިޞާދީ ގޮތުންވެސް އަދި މާލީ ގޮތުންވެސް ދިވެހި ދައުލަތަށާއި ވިޔަފާރިވެރިންނަށް މިވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތި ވެފައެވެ. މިކަންކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފު ކުރަން ނިންމާފައެވެ.

ސަރުކާރުން ދަނީ ވިޔަފާރިވެރިންނަށާއި ލޯނު ނަގާފައިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސާދެއްވާނެ ކަމަށް ބުނަމުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން، ޚަރަދު ކުޑަކުރުމުގެ ގޮތުން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކެނޑުމަށް ސަރުކާރުން ގޮވާލާފައިވާއިރު، ސަރުކާރުން ބުނަމުންދަނީ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އެއް ވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެކަމަށާއި އަދި ރޯދަމަހުގެ އެލަވަންސް ވެސް ދެއްވާނެ ކަމަށް ބުނަމުން ނެވެ. މީގެއިތުރުން، ސަރުކާރުން ވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %20 އުނިކުރަން ވެސް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ، މިޙާލަތުގައި ޢަމަލު ކުރެވެން އޮތީ ދެގޮތެއް ކަމަށާއި، އެއްގޮތަކީ، މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަކޮށް، އިޤުތިޞާދީ ޙަރަކާތް ހުއްޓާލުމަށްފަހު ގޭގައި ތިބުން ކަމަށާއި، އަނެއް ގޮތަކަކީ، ލޯނު ނަގައިގެންވިޔަސް، ފައިސާ ހޯދައިގެން، އިޤުތިޞާދުގައި އެފައިސާ ދައުރުކޮށްގެން، އިޤުތިޞާދީ ޙަރަކާތްތައް ފަނޑުނުވެ، ކުރިއަށް ގެންގޮސް، އިޤުތިޞާދު ކޮޅަށް ނެގުން ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ލޯނު ނަގައިގެން ވިޔަސް، އިޤުތިޞާދީ ޙަރަަކާތް ހިންގުން ކަމަށެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރ އާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ، ޓޫރިޒަމް ދާއިރާ ވަރަށް ބޮޑުތަނުން ކުރިއަރާނެ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙު ވަނީ ދިވެހި ރައްޔިތުންގެ ހިތްތަކަށް އުއްމީދެއް ނެގެސް ދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު