Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ހޯމަ ދުވަހުގެ ނިޔަލަށް އިންޑޮނީޝިއާއިން ކޮވިޑް-19 ގެ 122 ކޭސް ރިޕޯޓުކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 31 މާރިޗު 2020 | އަންގާރަ 13:27
އިންޑޮނީޝިއާގެ ރައީސް އެގައުމުގެ މެޑިކަލް އިކުއިޕްމެންޓް ބައްލަވާލަނީ

އިންޑޮނީޝިއާގެ ރައީސް އެގައުމުގެ މެޑިކަލް އިކުއިޕްމެންޓް ބައްލަވާލަނީ

އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އިންޑޮނީޝިއާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޫކޯ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާއި ގުޅިގެން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ.

އިންޑޮނީޝިއާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއާއި ސަރަހައްދީ ލީޑަރުންނާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާނެއެވެ. މީގެއިތުރުން ބޭރުގައުމުތަކުން ދަތުރުކުރާ އިންޑޮނީޝިއާގެ ރައްޔިތުން ގައުމަށް އެނބުރި އައުމަށްފަހު 14 ދުވަހު ސެލްޕް އައިސޮލޭޝަން އަށް ދާން ޖެހޭނެކަމަށްވެސް ވިޑޯޑޯ ވިދާޅުވިއެވެ.

އިންޑޮނީޝިއާއިން ވަނީ ފަތުރުވެރިން އެގައުމަށް ދަތުރުނުކުރެވޭގޮތަށްވެސް ނިންމާފައެވެ.

ހޯމަ ދުވަހުގެ ނިޔަލަށް އިންޑޮނީޝިއާއިން ކޮވިޑް-19 ގެ 122 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ

05 ޖުލައި 2017
ރައީސް އޮބާމާ އާއިލާއެކު އިންޑޮނީޝިއާގައި ޗުއްޓީ ހޭދަކުރައްވަނީ
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު