Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކުުރުމަށް ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފި

ފިނޭންސް މިނިސްޓަރ ވަނީ އެކަމަށް އެދި މަޖިލީހަށް ސިޓީ އެއް ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 މާރިޗު 2020 | ހޯމަ 08:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޚަރަދުތަކުން 19.3 މިލިއަން ރުފިޔާ ކުޑަކުުރުމަށް ފިނޭންސް މިނިސްޓާރ އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ އެކަމަށް އެދި ފިނޭންސް މިނިސްޓަރ މަޖިލީހަށް ސިޓީ އެއް ފޮނުވާފައިވާކަމަށެވެ. އަދި މިކަމަކީ ނުކުރެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ އުނިކޮށް ދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ އެކައުންޓުތައް ބައްލަވައިގެން އެ އަދަދަށް ފައިސާ އުނި ކުރެވޭނެ ބައިތައް ހޯއްދަވައި ދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އަރިހު އެދިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން މުޅި އަހަރުގެ ބަޖެޓުގެ ތެރެއިން 19.3 މިލިއަން ރުފިޔާ ކުޑަކޮށް ދެވިދާނެ ކަމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައިވާތީ ކުރިއަށް އޮތް ތަނުގައި އެ ހަރަދު ކުޑަކޮށްފައި މިނިސްޓްރީއަށް ދެވޭނެ ގޮތް ވެސް ހަމަޖެއްސޭނެ ކަމަށް އެމަނިފާނު ވިދާޅުވި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަނޑައަޅާފައިވަނީ 129،550،285 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އިން އަންނަ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ހަރަދުތައް ކުޑަކޮށްގެން ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ވަނީ މީގެކުރިން ނިންމައިފައެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އެކަމާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވައިރަހާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސަންޓާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ސާކް ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، ބޭރުފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވެގެންދާނެ ކަމަށެވެ. އަދި މި ވަގުތު ލަފާކުރެވޭ ގޮތުގައި ސަރުކާރުގެ އާމްދަނީގެ 135.9 މިލިއަން ޑޮލަރާ 446.9 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު