Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުން

ކޮވިޑް-19: ބަންދުގައި ތިބި މީހުންގެ ބައްދަލުވުން މެދުކަނޑާލާ 10 ދުވަހަކުން 10 މިނެޓްގެ ފޯން ކޯލެއް

ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލު ބައްދަކުވުމަށް ވެސް ފުރުސަތު ނުލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މާރިޗު 2020 | ހޮނިހިރު 12:36
ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާފުށީ ޖަލުން ގައިދީއެއް ނެރެނީ

ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާފުށީ ޖަލުން ގައިދީއެއް ނެރެނީ

ރާއްޖޭގައި ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބައްދަލުވުން ހުއްޓުވާ އިތުރު ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން، އާންމު ހާލަތަކަށް އަންނަންދެން ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބައްދަލުވުންތަކުގައި އަމަލުކުރެވޭނެ އިތުރު ގޮތްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން ބަންދުގެ މީހުންގެ އާއިލީ ބައްދަލުވުން ވާނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށާއި، އޭގެ ބަލަދުގައި ކޮންމެ 10 ދުވަހަކުން 10 މިނެޓްގެ ފޯނުކޯލެއް ދެވޭނެ ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ފެންނަން ހުރިނަމަ ވަކީލު ބައްދަކުވުމަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން އެނޫން ހާލަތުގައި ވެސް ބައްދަލުވުން ނުދިނުމަށް އިލްތިމާސް ކުރުމާއި، ވަކީލު ބައްދަލުވުމަށް 30 މިނެޓްގެ ކޯލެއް ދެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މާޗް 12 ވީ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުއްގައި މިކަން އިއުލާންކުރެއްވީ އާންމު ސިއްހަތުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. ޤާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު 12 މާޗްއިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ގޮތުން ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން ކަމާ ބެހޭ ފަރާތްތަކަށް އެންގޭނެއެވެ. އަދި އެ އެންގުން ރައްދުވާ މީހާ އެ އެންގުމަށް ބޯލަނބަން ދެކޮޅުހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުން ނެރޭ އެފަދަ އަމުރެއް ތަންފީޒު ކުރަން ފުލުހުންގެ އެހީތެރިކަންވެސް ހޯދިދާނެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ސަބަބުން، އެއްވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް ހަނިކަމެއް ގެނެވޭނީ، ސިއްހީގޮތުން ނުރައްކާވެދާނެ ފަދަ ބަލިމަޑުކަމެއްގެ ސަބަބުން، ނުވަތަ ގައިންގަޔަށް އަރާފާނެ ބައްޔެއްގެ ސަބަބުން، ނުވަތަ ދުރާލާ އެންމެންނަށް އެނގި އޭގެން ރައްކާތެރިވާންޖެހޭފަދަ ބައްޔެއްގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ އަމިއްލަ ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުމުގެ ސަބަބުން، އެ ވަގުތަކަށާއި ހާލަތަކަށާއި ކަމުގެ ކުޑަބޮޑުމިނަށް ބަލާއިރު، މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަށް ހަނިކަމެއް ގެންނަން ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހަމައެކަނި އެ ނިސްބަތަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު