Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ރޮނާލްޑޯ އަމިއްލަ ގައުމުގައި ކަރަންޓީނު ވެއްޖެ

12 މާރިޗު 2020 | ބުރާސްފަތި 18:57

ރޮނާލްޑޯ ކަރަންޓީނުވީ އޭނާ އަމިއްލަ އަށް

އަތޫފް އާތިފް
އަތޫފް އާތިފް | 12 މާރިޗު 2020 | ބުރާސްފަތި 18:57
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަމިއްލަ ގައުމު ކަމުގައިވާ ޕޯޗުގަލްގައި ކަރަންޓީނުވެފައިވާ ކަމަށް ޔުވެންޓަސްއިން ބުނެފިއެވެ.

ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޔުވެންޓަސްގެ ކުޅުންތެރިން އިޓަލީގައި ކަރަންޓީނު ކޮށްފައިވާއިރު ރޮނާލްޑޯ ހުރީ އޭނާގެ މަންމަގެ ސިއްހީ ހާލަތު ގޯސްވުމުން ޕޯޗުގަލްގައެވެ.

ޔުވެންޓަސްއިން ބުނީ އިޓާލިއަން ލީގުގައި އިންޓަ މިލާނާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗަށްފަހު ރޮނާލްޑޯ ޕްރެކްޓިސް ހުއްޓައިލުމަށްފަހު އޭނާގެ މަންމަގެ ގާތަށް ޕޯޗުގަލްއަށް ގޮސްފައިވާ ކަމަށާއި، އަދި އިޓަލީ ލޮކްޑައުން ކުރުމުން އިތުރު ފަރިތަކުރުންތަކުގައި ބައިވެރިވާން ރޮނާލްޑޯއަށް އެގައުމަށް އެތެރެވެވިފައި ނުވާ ކަމަށެވެ.

ޔުވެންޓަސްއިން އިތުރަށް ބުނީ ރޮނާލްޑޯ ވަނީ ބުރާސްފަތި ދުވަހު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކޮށްފައި ކަމަށާއި، އޭނާގެ ފުރަތަމަ ރިޕޯޓު ދައްކާ ގޮތުން އޭނާ ވައިރަސް އަށް ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި ދެވަނަ ރިޕޯޓު މިއަދު ހަދާނެ ކަމަށްވެސް ޔުވެންޓަސްއިން ބުނެއެވެ. މީގެ އިތުރުން ޔުވެންޓަސްއިން ބުނީ ރޮނާލްޑޯ ކަރަންޓީނުވާން ނިންމީ އޭނާ އަމިއްލައަށް ކަމަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ލީގުގެ މެޗުތައް ފަސްކުރަމުން އަންނައިރު ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގެ މެޗުތައް ނުކުޅުމަށް ވަނީ ނިންމައިފައެވެ. އަދި ފްރެންޗް ލީގާއި ޖަރުމަނު ލީގުގެ އިތުރުން ޕްރިމިއާ ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމަށް އެގައުމު ތަކުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިޓަލީގައި މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) 15،113 މީހުންނަށް ޖެހިފައިވާއިރު މި ބަލީގައި އެގައުމުން 1،016 މީހުން ވަނީ މަރުވެފައެވެ. އަދި ސްޕެއިންގައި މި ބަލި ޖެހުނު މީހުންގެ އަދަދު 3،059 އަކަށް އަރައިފައިވާއިރު މި ބަލީގައި އެގައުމުން 86 މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް