Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

އޭއެފްސީ ކަޕަށް ޓީމު އޮތީ ތައްޔާރުވެފައި: ޝާޒްލީ

10 މާރިޗު 2020 | އަންގާރަ 13:45

ޓީސީން މި މެޗަށް ނުކުންނާނީ ބަސަންދުރަ އަކީ ވަރުގަދަ ޓީމެއް ކަން ދަނެގެން

އަތޫފް އާތިފް
އަތޫފް އާތިފް | 10 މާރިޗު 2020 | އަންގާރަ 13:45
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށް ބުދަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބުން ބަންގާޅުގައި ނުކުންނައިރު، ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ޝާޒްލީ ބުނީ ޓީސީ އިން އޭއެފްސީ ކަޕަށް ޑިސެމްބަރު މަހުން ފަށައިގެން ތައްޔާރު ވަމުން އަންނަ ކަމަށާއި އެގޮތުން ޓީސީން ވަނީ ޓީމުގެ ސްކޮޑް ވަރުގަދަ ކޮށްފައިކަމަށެވެ. އަދި ޓީމުގެ ސްކޮޑް ރަނގަޅުކޮށް ޓީސީން ވަނީ ކޮމްޕެޓިޓިވް ރަނގަޅު މެޗުތަކެއް ކުޅެފައި ކަމަށާއި އަދި ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލުމަށްފަހު ޓީމު ވަނީ ރަނގަޅު ޓްރެއިނިންގ ކޭމްޕެއް ގަތަރުގައި ކޮށްފައި ކަމަށެވެ. ޝާޒްލީ ބުނީ ޓީސީއިން ގަތަރުގައި ކުރި ޓްރެއިނިންގ ކޭމްޕަކީ ސީދާ އޭއެފްސީ ކަޕްއަށް ތައްޔާރުވުމަށް ކުރި ޓްރެއިނިންގ ކޭމްޕެއް ކަމަށް ބުނެފައެވެ.

ބަޝުންދަރާއާ ދެކޮޅަށް ޓީސީން ނުކުންނައިރު ބަޝުންދަރާއަކީ ވަރުގަދަ ޓީމެއް ކަން އިނގޭ ކަމަށެވެ. ނަމަވެސް ޓީސީން ނުކުންނާނީ ރަށުން ބޭރުގައި މޮޅެއް ހޯދުމުގެ ނިޔަތުގައި ކަމަށް ބުނަމުން ޝާޒްލީ ބުނީ މި ގްރޫޕުގައި މި އޮތް ހަތަރު ޓީމަކީ އެއް ލެވެލްއެއްގެ ހަތަރު ޓީމެއް ކަމަށާއި ނަމަވެސް ބަޝުންދަރައިގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތަފާތު ފެންނާނެ ކަމަށެވެ.

ޓީސީގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް މިވަގުތު ތިބުން އެއީ މި މެޗަށް ނުކުންނައިރު ލިބޭނެ ފައިދާއެއް ކަމަށާއި ހަމައެހެންމެ ބަންގާޅު ޓީމުތަކާއި ދެކޮޅަށް ކުޅެފައި ހުރި ކުޅުންތެރިން ޓީމުގައި ތިބުމުން މި މެޗުގައި އެ ކުޅުންތެރިންގެ ފައިދާ ޓީސީން ވަރަށް ރަނގަޅަށް ނަގާނެ ކަމަށް ޝާޒްލީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާއިރު، މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ވާދަކުރާނެ އެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އޭއެފްސީ ކަޕާ ޓީސީން ކުރިމަތިލާއިރު، އެޓީމުން ވަނީ މި މުބާރާތަށް ޓީމު ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ޓީސީން ވަނީ ކްލަބު ގްރީން ސްޓްރީޓްސް އިން އަލީ އަޝްފާގު (ދަގަނޑޭ) އާއި ފޯކައިދޫ ފުޓްބޯލް ކްލަބުން އަލީ ޝާމިސް (ތޮއްޕޭ) އާއި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އަދި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ ޚަލީލް ޖަމާލް އަދި މަހުމޫދު ސައީދު ގެނެސްފަ އެވެ. މީގެ އިތުރުން މާޒިޔާ އިން އަބްދުﷲ ހަނީފް (ބެންޖޯ) ހޯދިއިރު، ސެއިންޓް ވިންސެންޓްގެ ފޯވާޑެއް ކަމަށްވާ ކެސިއަސް މެލްކަމް ސްޓެވާޓް ވެސް ވަނީ ގެނެސްފަ އެވެ.

ގްރޫޕް ސްޓޭޖުގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 14:30 ގައެވެ. މި މެޗު ކުޅޭނީ ޑާކާގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމް ގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް