Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

މިއީ ސިޔާސީ ވާދަވެރިކަން އެއް ފަރާތްކޮށް އެއްބައިވަންތަ ވާންވީ ވަގުތު: އިދިކޮޅު ކޯލިޝަން

ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: އަބްދުއްރަހީމް އަބްދުﷲ

އަމަން ހަލީމް
އަމަން ހަލީމް | 8 މާރިޗު 2020 | އާދީއްތަ 08:22
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން އުފެދިފައިވާ ނުރައްކާތެރި ކަމުގެ ތެރޭގައި އިސްކަންދޭންވީ ގައުމުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ގާއިމްކުރުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމަށް ގޮވާލެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ސިޔާސީ ވާދަވެރިކަން އެއް ފަރާތްކޮށް، އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

މިފަދަ ހާލަތްތަކުގައި ކުރީގެ ސަރުކާރުތަކުން ވެސް އެއްބައިވަންތަކަން އިސްކުރިކަމުގެ މިސާލުތައް ދެއްވަމުން އަބްދުއްރަހީމް ފާހަގަކުރެއްވީ، ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ރާއްޖެއަށް ކުރިމަތިވީ ކޮލެރާގެ ބަލި މަޑުކަމާއި، ރައީސް މައުމޫންގެ ދައުރުގައި ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާގައި އަމަލުކުރެއްވި ގޮތެވެ.

އޭގެ އިތުރުން، ދިމާވެގެން މިއުޅޭ ހާލަތާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ސޯލިހުއަށް މެސެޖުން ދަންނަވާފައި ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ސަރުކާރުގެ އިހުސާންތެރިކަމާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ފާޑުކިޔުއްވީ އާދިއްތަ ދުވަހުގެ 13:00 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައި އޮތުމާއި ގުޅިގެންނެވެ.

އެ ބައްދަލުވުން ނިމެން ގާތްވެފައި ވަނިކޮށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރެވިފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް، ކެންސަލް ކުރީ ކޮން ސަބަކާއި ހުރެގެން ކަމަށް މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް ކުރަމުންދިޔަ ކެމްޕޭން ހުއްޓާލުމަށް ވެސް ނިންމާފައެވެ. އަދި ހާލަތަށް ބަދަލު އައުމުން ނޫނީ ކެމްޕޭން ހަރަކާތެއް ކުރިޔަށް ނުގެންދާނެ ކަމަށް އެ ކޯލިޝަނުން ވަނީ އިއުލާންކޮށްފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު