Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިސޯޓު ލީގު 2020

ރިސޯޓު ލީގު: ސެމީގެ ފަހު ދެ ޖާގަ ނިޔާމަ އާއި ވެލާވަރަށް

ވިލު ރީފް އަތުން ނިޔާމަ މޮޅުވީ 5-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 މާރިޗު 2020 | ބުދަ 14:06
ވިލު ރީފް އާއި ނިޔާމަ ބައްދަލުކުރި މެޗުގެ ތެރެއިން

ވިލު ރީފް އާއި ނިޔާމަ ބައްދަލުކުރި މެޗުގެ ތެރެއިން

ރިސޯޓު ލީގު 2020 ގެ ދ. ޒޯނުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް އާއި އަންގްސާނާ ވެލާވަރު ހޯދައިފި އެވެ.

ދ. ޒޯނުގެ ކުޅުން ކަނޑިންމައިގައި ކުރިއަށްދާއިރު، ސެމީއަށް އެންމެ ފަހުގެ ޗެމްޕިއަން ނިޔާމަ ދަތުރުކުރީ ބުދަ ދުވަހު ހަވީރު ކުޅުނު ޕްލޭއޮފް ފުރަތަމަ މެޗުގައި ސަން އަކުއާ ވިލު ރީފް އަތުން ފަސޭހަކަމާއެކު 5-0 އިން މޮޅުވެގެންނެވެ.

މި މެޗުގައި ނިޔާމަގެ ލަނޑުތައް ޖަހައިދިނީ އަލީ ފަހުމީ އާއި، އާލިމް އަލީ އާއި، ސައުދުﷲ ހުސެއިނާއި، އިސްމާއިލް ނިހާނުގެ އިތުރުން އަރުޝަމް މުހައްމަދެވެ.

ސެމީގެ ފަހު ޖާގަ ވެލާވަރު ހޯދީ ބުދަ ދުވަހު ހަވީރު ކުޅުނު ޕްލޭއޮފް ދެވަނަ މެޗުގައި ސަން އަކުއާ އިރު ވެލި އަތުން 2-0 އިން މޮޅުވެގެންނެވެ. މި މެޗުގައި ވެލާވަރުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ހަސަން ރިލުވާން މޫސާ އާއި ޝާރިފް އަލީ ނަސީރެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެއިންޓް ރީޖަސް އާއި ނިޔާމަ އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަނޑިންމަ މޯލްޑިވްސް އާއި ވެލާވަރެވެ. ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެން ނެވެ. އެއީ ދ. ޒޯނުގެ އިތުރުން ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނެވެ.

އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ. މުބާރާތުގެ ފަސް ޒޯންގެ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު