Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސްޕޯޓްސް ކްލަބު

ގަތަރު ކޭމްޕުގެ ސަބަބުން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ޝާޒް

4 މާރިޗު 2020 | ބުދަ 13:39

ޓީސީން ވަނީ ދާދި ފަހުން ގަތަރުގައި ކޭމްޕެއް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 މާރިޗު 2020 | ބުދަ 13:39
ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) | މިހާރު

ގަތަރުގައި ދާދި ފަހުން ކުރި ކޭމްޕްގެ ސަބަބުން، މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ގަތަރުގައި ޓީސީން ކޭމްޕް ކުރިއިރު، މި ކޭމްޕް ޓީސީއަށް ފަހިކޮށްދީފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. މީގެ ކުރިންވެސް އެފްއޭއެމްގެ އެހީގައި ޓީސީން ވަނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޓީސީން ވަނީ ސައުދީ އަރަބިއްޔާގައި ތަމްރީނު ފުރިހަމަކޮށްފައެވެ.

ކޭމްޕަށް ފަހު މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މި ކޭމްޕުގެ ސަބަބުން ޓީމުގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅުވެފައިވާ ކަމަށާއި، މިއީ އޭއެފްސީ ކަޕްގެ ކުރިން އެޓީމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ކޭމްޕް ކުރަން ލިބުނީ އެންމެ ބޭނުންވި އެއްތަނުގައި ކަމަށާއި، ކޭމްޕްގެ ސަބަބުން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ޓީސީ ތައްޔާރުވާއިރު، އެޓީމުން ވަނީ މި މުބާރާތަށް ޓީމު ވަރުގަދަކޮށްފަ އެވެ. އެ ގޮތުން ޓީސީން ވަނީ ކްލަބު ގްރީން ސްޓްރީޓްސް އިން އަލީ އަޝްފާގު (ދަގަނޑޭ) އާއި ފޯކައިދޫ ފުޓްބޯލް ކްލަބުން އަލީ ޝާމިސް (ތޮއްޕޭ) އާއި ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް އަދި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ ޚަލީލް ޖަމާލް އަދި މަހުމޫދު ސައީދު ގެނެސްފަ އެވެ. މީގެ އިތުރުން މާޒިޔާ އިން އަބްދުﷲ ހަނީފް (ބެންޖޯ) ހޯދިއިރު، ސެއިންޓް ވިންސެންޓްގެ ފޯވާޑެއް ކަމަށްވާ ކެސިއަސް މެލްކަމް ސްޓެވާޓް ވެސް ވަނީ ގެނެސްފަ އެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ޓީސީ ވާދަކުރާއިރު، މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީސީ ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ޓީސީން ވަނީ މި މުބާރާތުގެ ޕްރިމިނަލަރީ ބުރުގައި ވާދަކޮށްފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ހިމެނެނީ ރާއްޖޭގެ ޓީސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 12 ވަނަ ދުވަހު ކުޅޭނީ ރަށުން ބޭރުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް