Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

އަދާލަތަށް ހައްގުވާ މިންވަރު ލިބެންޖެހޭ ކަމަށް އިމްރާން ވިދާޅުވުމުން އެމްޑީޕީ މެންބަރުންގެ ރައްދު އިމްރާނަށް

ރާޢީ ވިދާޅުވީ ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު އަރާ ތިމަންނަމެންނަށް ހައްގު މިންވަރު ނުލިބެއޭ ވިދާޅުވީމާ އެއަށްވުރެ ބޮޑު ޖޯކެއް ނޯންނާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 މާރިޗު 2020 | ބުދަ 02:07
އެމްޑީޕީ މެމްބަރުން ގެންދަވަނީ ކޯލިޝަންގައި ތިބި ޕާޓީޓަކުގެ ވުޒާރާތަކަށް ފާޑުވިދާޅުވަމުން

އެމްޑީޕީ މެމްބަރުން ގެންދަވަނީ ކޯލިޝަންގައި ތިބި ޕާޓީޓަކުގެ ވުޒާރާތަކަށް ފާޑުވިދާޅުވަމުން

2018 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި އެންމެ ފުރަތަމަ ވާހަކަފުޅުގައި ރައްޔިތުންނަށް ދެއްވި އެއް ޔަޤީންކަމަކީ މިސަރުކާރުގެ ކޯލިޝަން ދެމިއޮންނާނެކަމުގެ ޔަޤީންކަމެވެ. އޭގެފަހުން ޤައުމުގެ ޙާލަތާއި ގުޅޭގޮތުން ވާހަކަދައްކަވާ ކޮންމެ ފަހަރަކުވެސް ރައީސް ޞާލިޙު ގެންދަވަނީ އެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.

ސަރުކާރު ކޯލިޝަނަށް 15 މަސްދުވަސް ވެގެންދިޔައިރު ކޮންމެ އިންތިޚާބަކާއި ދިމާކޮށް ކޯލިޝަންގައި ލަމުންދާ ރެނދުތައް ގިނަވެ ފުޅާ ވެގެންދާތަން ފެނެއެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އިންތިޚާބަށް ނިކުތުމަށް ހަދާފައިވާ އެގްރީމެންޓެއްގެ ކަމެއްގައި ޚިޔާލުތަފާތުވެ ކޯލިޝަން ދެމިއޮތީ ކިރިޔަ ކިރިޔާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކޯލިޝަންގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ސޮއިކުރައްވާ ހަދާފައިވާ އެގްރީމެންޓްގައި ބުނާގޮތުން އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް އަދި ރައީސް މައުމޫނުގެ ރިފޯމް މޫވްމަންޓަށް 20 ޕަސެންޓް އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް ވަނީ އެއްބަސްވެފައެވެ.

އަދި މިފަދަ އިންސައްތައަކުން މަޖިލީހުގެ ގޮނޑިތައް ޕާޓީތަކުގެ މެދުގައި ބަހާލުމަށް ނިންމާފައިވާ އެގްރީމެންޓެއް އޮތްކަމަށް އޭރު ބުނަމުންދިޔަ އެވެ. އެމްޑީޕީން 87 ދާއިރާއަށް ވާދަކުރުމަށް ނިކުތުމަށް ނިންމުމާއެކު ކޯލިޝަންގެ އެންމެ ބޮޑު ދެ ޕާޓީކަމަށްވާ އެމްޑީޕީ އާއި ޖޭޕީ އާ ދެމެދު ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރަން ފެށިއެވެ. އޭރުއްސުރެ ބަދަލުކުރަމުންދިޔަ ބަހުގެ ޙަމަލާތައް އަދިވެސް ކުރިޔަށްދާއިރު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އަނެއްކާވެސް މިވަނީ ބަހުގެ ޙަމަލާތައް ޢަމާޒުކުރަން ފަށާފަ އެވެ.

ވަކިން ޚާއްޞަކޮށް އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ރަސްމީކޮށް ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާއަށް ދިޔަ މީހުން މަދުވުމާއެކު އެމްޑީޕީގެ ތެރެއަށް ނުތަނަވަސްކަމެއް ވެރިވެފައިވާ މަންޒަރު ކޮންމެ ދުވަހަކުހެން މިއަންނަނީ ފެންނަމުންނެވެ. އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއަކީ ކޯލިޝަންގައި ތިބި އެހެން ޕާޓީތަކަށް ފާޑުކިޔާ، ވަކިން ޚާއްޞަކޮށް އެހެން ޕާޓީތަކުގެ ވަޒީރުންގެ އިސްތިޢުފާ އަށް އެމްޑީޕީގެ މެންބަރުން ގޮވާލައްވަމުންދާ ޖަލްސާތަކެވެ. ސަރުކާރު ހިންގުން ލަސްވެ، ރައްޔިތުންނަށް ޙައްޤު މިންވަރު ލިބުން ލަސްވަނީ ކޯލިޝަން ސަރުކާރާ ހެދިކަމަށާއި ކޯލިޝަންގައި ތިބި އެހެން ޕާޓީތަކުން ޤަސްތުގައި ސަރުކާރު ހިންގުން ލަސްކުރަނީކަމަށް އެމްޑީޕީގެ މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ޖަލްސާތަކުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަން ކުރަނީ އެމްޑީޕީއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފައްދަން ކަމަށްވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮންމެއަކަސް ކޯލިޝަން ތެރޭގައި އޮތް ނުތަނަވަސްކަން ރައްޔިތުންނަށް ފެންނަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު އެންމެ ފަހުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ކޯލިޝަންގެ އެއް ބައިވެރިޔާ، އަދާލަތު ޕާޓީގެ ލީޑަރ އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ މިވަނީ ސަރުކާރު ކޯލިޝަންގެ ތެރެއިން ޢަދާލަތު ޕާޓީއަށް ޙައްޤުވާ މިންވަރު ނުލިބޭކަމަށް ވިދާޅުވެފަ އެވެ. މިއީ އަދާލަތު ޕާޓީން މިހާ ފާޅުކޮށް ކޯލިޝަންގެ ތެރެއިން ޙައްޤުމިންވަރާ ގުޅޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރު ކަމަށް ޢައްޔަނުކުރެއްވި ޝިދާތާ ޝަރީފު މިދިޔަ މަހު އިސްތިޢުފާ ދެއްވުމާ ގުޅިގެން، މިހާރު އެ ޕާޓީ ތަމްސީލު ކުރާ މިނިސްޓަރުންނަށް ސަރުކާރުގައި ހުންނެވީ އިމްރާނާއި، އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރެވެ. އަދާލަތު ޕާޓީއަށް ކޯލިޝަން އެގްރިމެންޓުގެ ތެރެއިން 3 ވުޒާރާ ލިބެންޖެހެ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޝިދާތާ އިސްތިޢުފާ ދެއްވުމުން އެމަޤާމަށް މީހަކު ޢައްޔަނު ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ޙައްޤުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން އެޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކޮންމެއަކަސް ޙައްޤުވާ މިންވަރާއި ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަފުޅު އެމްޑީޕީގެ މެންބަރުންނަށް ކަމަކު ނުދިޔަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިމްރާނުގެ މި ވާހަކަފުޅަށް ރައްދުދެއްވާ ސީދާ އިމްރާނާއި އަދާލަތު ޕާޓީގެ ނަން ނުގެނެސް މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީގެ ޓިކެޓުގައި ނިކުންނެވި ކުރިން މަކުނުދޫ ދާއިރާގައި ހުންނެވި އަނާރާ ނައީމް އާ ވާދަކޮށް އެގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވީ، ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު އަރާ ތިމަންނަމެންނަށް ޙައްޤު މިންވަރު ނުލިބެއޭ ވިދާޅުވީމާ އެއަށްވުރެ ބޮޑު ޖޯކެއް ނޯންނާނެކަމަށެވެ.

ޙައްޤުވާ މިންވަރަކީ އެންމެ ވަޒީރެއް ކަމަށާއި އެވަޒީރުކަން އޮތީ ދީފައިކަމަށް ރާއީ ވިދާޅުވި އެވެ.

ޙައްޤުވާ މިންވަރާއި ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ ދެން ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެންބަރ އިބްރާހީމް ރަޝީދު ވިދާޅުވީ ކޯލިޝަން ހަދާފައި އޮތްނަމަވެސް ކޯލިޝަނުގެ ގޯސްވާހަކަ ނުވަތަ އުނިކަމުގެ ވާހަކަ ނުދައްކާ ކަމަށްވަނީނަމަ އެއަށްވުރެ ބޭއިންސާފު ބައެއް ނުތިބޭނެ ކަމަށެވެ. ކަނޑައެޅިގެން އެއީ ކޮންބައެއް ކަން އެނގިތިބެ މިހާރުވެސް ފެންނަނީ ވީހާވެސް އަވަހަށް ވެރިކަން ބަދަލުކޮށްލެވޭނެ ގޮތްތަކެއް ހޯދަމުންދާ މަންޒަރުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

ކޮންމެ އަކަސް ކޯލިޝަން ތެރޭގައި މިނުތަނަވަސްކަން އޮތްނަމަވެސް އެމްޑީޕީ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކޯލިޝަން ނިމުމަކަށް ގެންނަންޖެހޭ ވާހަކައާއި ކޯލިޝަން ނިމުމަކަށް އަންނާނެ ވާހަކަ އިމްރާން ޤަބޫލެއް ނުކުރައްވަ އެވެ. އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ހެދި އެ ކޯލިޝަން ނިންމާލާނީ، ރިޔާސީ ދައުރާ އެކީގައި ކަމަށެވެ. އަދި ދައުރު ނިމުމުގެ ކުރިން، ކޯލިޝަނަށް ބަދަލު އަތުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޞާލިހުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިކޯލިޝަން ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. އެ ވިދާޅުވާ ވިދާޅުވުމުގެ މަތިން މިހާތަނަށް އާއިރު ކޯލިޝަން ސަރުކާރެއް އެންމެ ދިގު މުއްދަތަކަށް އޮތް ސަރުކާރަކަށް މި ސަރުކާރު ވަނީ ވެފަ އެވެ. ދެން އޮތް ސުވާލަކީ މިހާރު ފެންނަން މިއޮތް ހިތްހަމަނުޖެހުންތަކާއި ކޯލިޝަން ތެރޭގައި އޮތް ނުތަނަވަސްކަމާއެކު ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހޯދައިދިނުމުގެ ކުޅަދާނަކަން މި ކޯލިޝަންގައި އެބައޮތްތޯ އެވެ. ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުން މި ކޯލިޝަނަށް ގެނެސްދެވިދާނެތޯ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޯލިޝަނަށް މެޖޯރިޓީ ލިބެންޖެހޭ! އެކަމަކު ފޯމިއުލާއެއް ނެތް!

ކޯލިޝަނަށް މެޖޯރިޓީ ލިބެންޖެހޭ! އެކަމަކު ފޯމިއުލާއެއް ނެތް!

04 ފެބުރުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

25 ޑިސެމްބަރު 2018
ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟

ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟

17 ނޮވެމްބަރު 2018
ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟

ޒުވާނުންނަށް ހައްގު މިންވަރު ހޯދައިދެވިދާނެތޯ؟

19 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު