Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝޭޚް އިމްރާން އަބްދުﷲ

ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟

ޤާނޫނީ މާހިރުން ފާހަގަކުރައްވަނީ ހުކުމް ބާތިލުކޮށްފައި ނުވާކަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2018 | ހޮނިހިރު 17:42
ޝޭޚް އިމްރާން ވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު އިޤްރާރުގައި ސޮއި ކުރައްވަނީ

ޝޭޚް އިމްރާން ވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު އިޤްރާރުގައި ސޮއި ކުރައްވަނީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމް އޮއްވައި ހޯމް މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުން، އެ މަގާމަށް އޭނާ ޝަރުތު ހަމަވާ ކަމާމެދު ސުވާލު އުފައްދައިފި އެވެ.

ދެ ހާސް ފަހަރަ ވަނަ އަހަރު މެއި 1 ވަނަ ދުވަހު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވި ޝެއިޚް އިމްރާން ހައްޔަރުކޮށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވި އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބު ވެފައި ވަނިކޮށް، ޝެއިޚް އިމްރާނުގެ ހުކުމުގެ ބާކީ އޮތް ބަޔަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނިންމީ މި ނޮވެމްބަރު މަހުގެ 1ގަ އެވެ. އޭރު ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ވަނީ ޖަލު ހުކުމުގައި ހޭދަކުރައްވައިފަ އެވެ.

ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ހޮނިހިރު ދުވަހުގެ ބޭއްވި ހައިބަތު ބޮޑު ރަސްމިއްޔާތަށް ފަހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ހޯމް މިނިސްޓަރަކަށް އިމްރާން އައްޔަން ކުރެއްވިއިރު، ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ ޝަރުތު ބަޔާންކޮށްފައިވާ ޝަރުތު އޭނާގެ ހަމަވާކަމާމެދު ގާނޫނީ ދާއިރާގެ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

އެ މާއްދާގެ ށ. ގައި ބުނެފައިވަނީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރާ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެހުކުމެއް ތަންފީޒްކޮށް ނިމުނުތާއި، ނުވަތަ އެހުކުމަކުން ކަނޑައެޅުނު އަދަބު މާފްކުރެވުނުތާ ތިން އަހަރުނުވާ މީހަކުކަމުގައިވުން" ކަމަށެވެ.

މި މާއްދާއަށް ބަލާއިރު، އިމްރާންގެ ވަޒީރު ކަމުގެ ޝަރުތެއް ހަމަވޭތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ، ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނެތުން ކަމަށް ނުވުމެވެ. އިމްރާން ވަނީ ހުކުމުން ތިން އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ތަންފީޒުކޮށްފަ އެވެ.

"ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ވަރަށް ޞަރީހަކޮށް އެނގޭ، އިމްރާންގެ މަގާމުގެ ޝަރުތު ހަމަ ނުވާކަން. އޭނާގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ތަންފީޒުކޮށްފައިވާ ހުކުމެއް އެބަ އޮތް،" ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނޮވެމްބަރު 1 ވަނަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ އިމްރާންގެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރުން ފަސްކުރުމަށެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ޑީޑީގެ ކުރިފުޅުމަތީގައި އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުން ހުވާކުރެއްވިއިރު، އިމްރާނުގެ ވަޒީރުގެ ކަމުގެ ޝަރުތާމެދު ގިނަ ބަޔަކު ސުވާލު އުފެއްދެވި ނަމަވެސް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ހުކުމް ފަންފީޒުކުރުން "ފަސްކުރުމަށް" ހުކުމުގައި ބުނެފައި އޮތުމަކީ، އިމްރާނުގެ ވަޒީރުކަމުގެ ޝަރުތު ގެއްލިގެންދާނެ ކަމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން، އެ ހުކުމުގެ ދަށުން އިމްރާނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވިޔަސް އިމްރާންގެ ޖަލު ހުކުމް އަދިވެސް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ.

ގާނޫނީ ދާއިރާ މާހިރުން ވިދާޅުވަނީ އިމްރާނަށް ކުރެވުނު ޖަލު ހުކުމަކީ ރަނގަޅު ހުކުމަކަށް ނުވިޔަސް އިމްރާނަށް މިވަގުތު ހޯމް މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، މިހާތަނަށް އެ ހުކުމް ބާތިލްކޮށްފައި ނެތެވެ.

ހޯމް މިނިސްޓަރު އިމްރާނުގެ ޝަރުތާމެދު މިގޮތަށް ސުވާލު އުފައްދާއިރު، އެ ސުވާލަށް އާ ސަރުކާރުން އަދި ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު