Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޯލީޝަން ސަރުކާރު

ކޯލިޝަނަށް މެޖޯރިޓީ ލިބެންޖެހޭ! އެކަމަކު ފޯމިއުލާއެއް ނެތް!

މެޖޯރިޓީ ލިބެންޖެހޭނީ އެމްޑީޕީ އަށް ކަމަށް އެ ޕާޓީން ދެކޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2019 | ހޯމަ 15:06
ކޯލީޝަންގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން

ކޯލީޝަންގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން

މިއީ ގިނަ ޕާޓީތަކަކާއި ގިނަ ފިކުރުތަކެއް އެކުވެގެން އެކުލަވާލާފައިވާ ވެރިކަމެކެވެ. ކޯލީޝަންގެ މައިގަނޑު ހަތުރު ވިސްނުން ހިމެނޭ ގޮތަށް އެއްބަސްވުމުގެ ދަށުން ސަރުކާރުގެ މަގާމުތައް ދަނީ ބަހަމުންނެވެ. މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ކުރިއަށް އޮތީ ސަރުކާރުގެ މައި އިންޖީނަށް ވާންޖެހޭ ރައްޔިތުން މަޖިލީހުގެ އިންތިހާބެވެ. ރާއްޖެ ފަދަ ސިޔާސީ ހަލަބޮލިކަމާއި ހިޔާލު ތަފާތުވުންތައް ބޮޑު ގައުމެއްގައި ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއްގެ މުހިންމުކަން ބޮޑެވެ. ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް މަގުފަހިކޮށްދޭ ބަޔަކީ މަޖިލިސް ކަމަށްވުމެވެ.

މަޖިލިސް އިންތިހާބަށް ބޯމަތިވަމުން އަންނަ އިރު ސަރުކާރާއި ސަރުކާރުގައި ހިމެނޭ ހަތަރު ފިކުރުގެ މީހުން ވެސް ގަބޫލުކުރާ ގޮތުގައި މި ސަރުކާރު ރަނގަޅަށް ހިންގުމަށް މަޖިލީހުގެ ސާފު މެޖޯރިޓީ ކޮންމެހެން ބޭނުންވެއެވެ. އެއީ އެމްޑީޕީ ވެސް ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނު ފިކުރުގެ ފަރާތްތަކުން ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް ނޭނގި ނުވަތަ އެއްބަސްނުވެވި އޮތީ އެކަން ކުރާނެ ގޮތަކާ މެދުގައެވެ. ވެރިކަމަށް އައުމަށް ކަޑައްތުކުރި މަރުހަލާގައި މަޖިލީހަށް ވާދަކުރާނެ ގޮތަކާ މެދު އެއްބަސްވެފައިވާ ކަމަށާއި އެމްޑީޕީ ފިޔަވައި ކޯލީޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރެއެވެ. އަދި ފޯމިއުލާއަކީ ސަރުކާރު ވެސް އެކުލަވައިލުމަށް ގެންގުޅުނު ފޯމިއުލާ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ނަމަވެސް ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ވިސްނުން ތަފާތެވެ. އަދި މަޖިލީހުގެ އިންތިހާބާ މެދު އެފަދަ އެއްބަސްވުމެއް އޮތް ކަމަށް އެމްޑީޕީން ގަބޫލެއް ވެސް ނުކުރެއެވެ. އެހެން ކަމުން މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ފައިނަގާފައި ވަނީ މުޅިން ވަކިންނެވެ. ހުރިހާ ގޮނޑިއެއް ވެސް ހޯދުމުގެ ވިސްނުމުގައެވެ. އެކަމަށްޓަކައި ކުރި މަސައްކަތުން އެންމެ ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކެންޑިޑޭޓުން އެ ޕާޓީން އެ ވަނީ ކަނޑައަޅައި ނިމިފައެވެ. އެއަށް އިތުރު ބަދަލެއް އައުމަކީ ނާދިރު ކަމެކެވެ. އެމްޑީޕީއާ ގުޅިގެން ކެމްޕެއިން ކުރިއަށް ގެންދިއުމަށް އަދާލަތު ޕާޓީން ހުށަހަޅައި އަދި އެކަމާ މެދު ދެވަނަ ވިސްނުމަކުން ވިސްނަން އެމްޑީޕީން އެއްބަސްވެ ގައުމީ މަޖިލީހަށް އެ މައްސަލަ ފޮނުވި ނަމަވެސް އެކަމަށް ބަދަލެއް އައުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ.

މަޖިލީހުގެ ސާފު މެޖޭރިޓީއާ މެދު ނުވިސްނި ނަމަވެސް ޖޭޕީގެ ވިސްނުމަކީ ވެސް މިހާރު އެ ޕާޓީ އަށް ލިބިފައިވާ މެޖޯރިޓީ ދެމެހެއްޓުންކަން އެ ޕާޓީން މިހާރު ވާދަކުރަން އިއުލާނުކޮށްފައިވާ ދާއިރާތަކުން އެނގެއެވެ. އެ ޕާޓީން 36 ދާއިރާއަކަށް ވާދަކުރާ އިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ އެ ޕާޓީން ޓިކެޓް ދީފައި ވަނީ ގޮނޑި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ޓާގެޓަރީ ވެސް މެޖޯރިޓީއެވެ.

ކޯލީޝަނަށް މެޖޯރިޓީ ލިބުން މުހިންމުކަން ބުނި ނަމަވެސް ގިނަ ދާއިރާތަކެއް ތިން ކޯލީޝަންގެ ހަތަރު ވިސްނުން ވާދަކުރާ އިރު އޭގެ ފައިދާ އިދިކޮޅު ޕީޕީއެމް އަށް ނުވަތަ ކޯލީޝަންގެ ބޭރުގައި ތިބި އެހެން ޕާޓީތަކަށް ފުރުސަތު ލިބުން އެކަށީގެންވެ އެވެ. އެހެންކަމުން އެ ފުރުސަތު ބޭނުން ހިފުމަށް އަލަށް އުފެއްދި ޕާޓީތަކުގެ ވިސްނުން އެބަހުއްޓެވެ. ލޭބާ ޕާޓީ އާއި އެމްޓީޑީ އަދި އެމްޑީއޭގެ ޓިކެޓްގައި ވެސް ކެންޑިޑޭޓުންތަކެއް ފެނިގެންދާނެއެވެ. އޭގެ އިތުރުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވެސް ބަޔަކު ނުކުންނާނެއެވެ. އެ ފުރުސަތު އެއިން ބަޔަކަށް ލިބުމަކީ ވެސް ވެދާނެ ކަމެކެވެ.

ކޯލީޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބެން އޮތީ އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނަށް ތާއިދުކުރާ ފަރާތްތަކަށް ގޮނޑިތަކެއް ލިބިގެންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިއިން ކޮންމެ ބަޔަކަށް ގޮނޑިތައް ލިބި މުޅި ކޯލީޝަނަށް މެޖޯރިޓީ ލިބުމަކީ މި ސަރުކާރަށް ލިބޭނެ ކާމިޔާބެކެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި މިހާރު ވެސް ހިޔާލު ތަފާތުވުން ބޮޑު މި ކޯލީޝަނަށް ހަމަޖެހުމެއް ލިބެން އޮތީ ކޮންމެ ވެސް އެއް ޕާޓީއަކަށް މެޖޯރިޓީ ލިބިގެންނެވެ. އޭރުން ޖެހޭ މައްސަލަތައް ހައްލުކުރުމުގައި މަޖިލީހުގެ މެޖޯރިޓީގެ ދައުރު ފުޅާވެގެންދާނެ ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެމްޑީޕީގެ ވިސްނުމަކީ ވެސް އެއީއެވެ. ކޯލީޝަނަށް މެޖޯރިޓީ މުހިންމުކަމުގައި ޕާޓީތަކުން ގަބޫލުކުރި ނަމަވެސް އިންތިހާބު ބޯމަތިވަމުން އަންނަ އިރު ވެސް އެކަމަށް އޮތް ފޯމިއުލާ ދެނެގަނެވިފައި ނުވަތަ އެއްބަސްވެވިފައި ނެތުމަކީ ބޮޑު މައްސަލައެކެވެ. އެކަން މަޖިލީހުގެ އިންތިހާބުގެ ތެރެއިން ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަނީ!، އެކަމަކު ކެރޭނެތަ؟!

10 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު