Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭތަ؟

ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2018 | އަންގާރަ 13:35
ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހާ އެކުގައި

ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހާ އެކުގައި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ އެކު، އެކަމުގެ ބަހުސް ގަދަވެގެންދިޔައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށް ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިންމު ނޫން ކަމަށް އެއް ބަޔަކު ގެންދިޔައީ ބުނަމުންނެވެ. ހަމައެޔާ އެކު ކޯލިޝަންގެ ކޮންމެ ޕާޓީއަކަށް ގޮނޑިތައް ލިބުނު ނަމަވެސް ވައުދުތައް ފުއްދޭނެ ކަމަށް ވެސް އެވެރިން ބުނަމުންގެންދިޔައެވެ.

ސުވާލަކީ ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭތޯއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމީ ކީއްވެތޯއެވެ.

ދުރު ނޫން މާޒީއަށް ބަލާލި ނަމަވެސް ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ މުހިންމުކަން އޮތީ ވަރަށް ވެސް ސާފުކޮށް ފެންނަންށެވެ. އެ ގޮތުން ރައީސް ސޯލިހް، ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ އެ މަނިކުފާނުގެ ވައުދުތައް ފުއްދުމަށް ކުރަންޖެހުނު ކަމެކެވެ. ހިޔާނާތާއި، ވައްކަމާއި، ގެއްލުވާ ފަރާތްތައް ހޯދުމާއި، މަރުތަކުގެ ހަޤީޤަތްތައް ހޯދުމަށް އެކަން އެގޮތަށް ކުރުން ނޫން ގޮތެއް ނެތެވެ.

ކަން އެގޮތަށް އޮތުމާ އެކު، ރައީސް ސޯލިހްގެ ސަރުކަރުން މަޖިލީހާށް ހުށަހެޅި ބިލަށް ވޯޓަށް އަހަން އޮތް ދުވަހު، މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ލަދުވެތި މަންޒަރެކެވެ. އެހާމެ ހިތާމަވެރި މަންޒަރެކެވެ. ސަރުކާރުގެ މެޖޯރިޓީ އޮވެމެ، އެ ބިލް ފާސްކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހަށް މެމްބަރުން ހާޒިރުނުވުމުން، މަޖިލީހުގެ ދައުރުގެ ޖަލްސާތައް ނިންމާލަންޖެހުނު މަންޒަރެވެ.

ދެން އޮތީ އެކަމާއި، މެޖޯރިޓީއާ ގުޅޭ ހިސާބެވެ. އެ ދުވަހުގެ މަޖިލީހުުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތް ގިނަ މެމްބަރުންނަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް ވުމެވެ. އަދި ކިޔެތަ، މީގެ ކުރީގައި މަޖިލީހުގައި ނެގިގެންދާ މުހިންމު ވޯޓުތަކާއި ދިމާކޮށް، ރަށުން ބޭރުގައިި ތިއްބަވާ މެމްްބަރުން މަޖިލީހަށް ހާޒިރުވުމަށް ވެސް ޕާލިމެންޓްރީ ގުރޫޕްތަކުން އަންގާފައި އެބަހުރިއެވެ. ނަމަވެސް ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން އެފަދަ އެންގުމެއް މެމްބަރުންނަށް އަންގާފައެއް ވެސް ނެތެވެ. ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރައްވަނީ ހަމަ ޖުމްހޫރީ ޕާޓީންނެވެ.

އެމްޑީޕީއަށް މެޖޯރިޓީ އޮޮތް ނަމަ، ރައީސް ސޯލިހްގެ ސަރުކާރުން އެ ލަދުގައި ޖެހެން ނުޖެހުނީސްކަން ކަށަވަރެވެ.

ދެން ވެސް އޮތީ ހަމަ އެފަދަ އެހެން މިސާލެކެވެ. ފައިސާވެރިންނާއި، އެ ފައިސާވެރިންގެ ފަހަތުގައި މަސައްކަތްކުރައްވާ ބޭބޭފުޅުންނަށް، އެ ވެރިންނާއި ދެކޮޅަށް ހުކުމްތައް ނެރުއްވި ހިސާބުގައި ޖުޑީޝަރީ ވަރަށް ގޯސްވެގެން ވާހަކަދެއްކެވިއެވެ. މިއަދު އެވެރިންގެ އެ ފަތިވަރުގެ އަޑު އިވޭތޯ އެއީ ކޮންމެ ރައްޔިތަކު ވެސް ކޮށްލުން މުހިންމު ސުވާލެވެ. އެ ވެރިންނާއި އެއްކޮޅަށް، ހުކުމްތަކާއި ނިމެވުންތައް އަންނަން ފެށި ހިސާބުން އެ ވާހަކަތައް ފަނޑުވަމުން ފަނޑުވަމުންގޮސް، އެއްކޮށް އޮބިއްޖެޔޭ ވެސް ބުނެވިދާނެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޖުޑީޝަރީ އިސްލާހްކުރަންޖެހޭކަމުގެ ވާހަކަތައް ދައްކަނީ އެއްކަލަ އެމްޑީޕީ އެކަންޏެވެ. މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ފަނޑިޔަރު ގެތަށް ފޮޅައި ސާފުކުރާނެކަމުގެ ވާހަކަ ވެސް ދައްކަނީ ހަމައެކަނި އެ ޕާޓީންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ޖުޑީޝަރީ އިސްލާހްކޮށް، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދަކަށް ވާއިރު، ކުރިން ދެންނެވި ފައިސާވެރިންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޖުޑީޝަރީ އިސްލާހްކުރާނެތޯއެވެ. ފަނޑިޔާރު ގެތަކުގައިވާ ކުނިތައް ނެރި ސާފުކުރާނެތޯއެވެ. މިއީ ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަންްޖެހޭ މުހިންމު ކަންތައްތަކެކެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭ ސަބަބުތައް މިއިން ކޮންމެ ކަމަކުން ވެސް އެނގިގެންދެއެވެ.

ރައްޔިތުންގެ މަންދޫބުން ކަނޑައަޅާނެ ބަޔަކީ ރައްޔިތުންނެވެ. ނަމަވެސް މިއިން ކޮންމެ ކަމަކަށް ނަޒަރު ހިނގާލުމުން އެނގޭ އެއްކަމަކީ، ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ އިސްލާހީ ވިސްނުމާ އެކު، ތަސްވަރަކައިގެން މަސައްކަތްކުރާ ބަޔަކާ އެކުގައިކަމެވެ. ރައްޔިތުން 23 ސެޕްޓެމްބަރުގައި އެދުނު ބަދަލަށް ވަސިލްވެވެން އޮތް މަގަކީ ވެސް އެއީ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިޒަކީ 38، މެޖޯރިޓީ ނެތްކަން ވަރަށް ސާފު!

ސައިޒަކީ 38، މެޖޯރިޓީ ނެތްކަން ވަރަށް ސާފު!

21 ފެބުރުއަރީ 2018
ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު

01 ޖެނުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު