Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން ތަޢާރަފްކޮށްފި

1 މާރިޗު 2020 | އާދީއްތަ 20:31

މި ތިން ފޯންވެސް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 މާރިޗު 2020 | އާދީއްތަ 20:31
ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން ތަޢާރަފްކުރުން

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން ތަޢާރަފްކުރުން

ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތްދޭންފެށި ކުންފުނި ދިރާގުން ސެމްސަންގް ގެލެކްސީ އެސް 20، އެސް 20 ޕަލްސް އަދި އެސް 20 އަލްޓްރާ ތަޢާރަފްކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފޯން ތަޢާރަފްކޮށްދެއްވީ ސެމްސަންގް ސްރީލަންކާ ބްރާންޗްގެ މެނޭޖިން ޑިރެކްޓަރ މިސްޓަރ ކެވިން ޔޫ އާއި ޗީފް މާކެޓިން އޮފިސަރ މިސްޓަރ މަހުމޫދު ދައްސަރު އަދި ދިރާގުގެ ބްރޭންޑް އެމްބެސެޑަރ ހަސަން ސާއިދު އެވެ.

މި ފޯން އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ޕްރީ އޯޑަރ ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާނަމަ މަހަކު ދައްކަން ޖެހޭނީ 1009 ރުފިޔާއެވެ.

ސެމްސަންގް އެސް 20 ޕްރީއޯޑަރކުރާ ފަރާތްތަކަށް ފްރީ ބޯނަސް ޑޭޓާގެ ގޮތުގައި ހަ މަސް ވަންދެން ކޮންމެ މަހަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

އެސް 20 ޕްލަސް އަދި އެސް 20 އަލްޓްރާ ޕްރީއޯޑާކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ފޯނާއެކު ސެމްސަންގް ގެލެކްސީ ބަޑްސް ޕްލަސްއެއް ލިބެއެވެ. މީގެ އިތުރުން ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އެވެ.

ދިރާގުން ތަޢާރަފް ކުރި މި ތިން ފޯނަކީ ވެސް ދިރާގުގެ އީސިމް ސަޕޯޓުކުރާ ތިން ފޯނެވެ.

މި ތިން ފޯންވެސް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ޕްރީއޯޑާ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ތިން ފޯނުގެ ފީޗާސް ތަކުގައި އެންމެ ބޮޑު ތަފާތެއް ވަނީ ކެމެރާގައެވެ. ގެލެކްސީ އެސް20 އާއި އެސް 20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހުރެއެވެ.

އެސް 20 އަލްޓްރާގެ ވައިޑް އޭންގަލް ކެމެރާގައި ހުންނަނީ 108 މެގަޕިކްސެލްއެވެ. އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި ހުންނަނީ 10 މެގަޕިކްސެލްއެވެ.

އެސް20 އަލްޓްރާގެ ސެލްފީ ކެމެރާގައި ހުންނަނީ 40 މެގަޕިކްސެލް އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
06 ފެބުރުއަރީ 2017

ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
 ކޯސްޓް އަދި ޑަޗްލޭޑީ ބްރޭންޑުގެ ގެރިކިރު ތަޢާރަފްކޮށްފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް