Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިޔާ

އިދްލިބްގައި ތިބި އާންމު ރައްޔިތުންނަށް ރައްކާތެރިކަން ލިބެންޖެހޭ: އިރާނުގެ ރައީސް

އިދްލިބްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީ އާއި ރަޝިޔާގެ ގުޅުންވަނީ ގޯސްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މާރިޗު 2020 | އާދީއްތަ 03:26
އިރާނުގެ ރައީސް ހަސަން ރޫހާނީ

އިރާނުގެ ރައީސް ހަސަން ރޫހާނީ

ސީރިޔާގެ ހުޅަނގު އުތުރު ޕްރޮވިންސް ކަމުގައިވާ އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން އެ ޕްރޮވިންސްގައި ދިރިއުޅެމުންދާ ޢާންމު ރައްޔިތުންނަށް ރައްކާތެރިކަން ލިބެންޖެހޭކަމަށް އިރާނުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ރައީސް މިހެން ވިދާޅުވެފައިވަނީ، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބުއުރުދުޣާން އާ ފޯނުންގުޅުއްވާ ދެއްކެވި ވާހަކަފުޅެއްގައި ކަމަށް އިރާނުގެ ދައުލަތުގެ ޓީވީން ބުނެއެވެ. އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީ އާއި ރަޝިޔާގެ ގުޅުންވަނީ ގޯސްވެފައެވެ. ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފައިވާއިރު އިރާނުގެ ރައީސް ވިދާޅުވެފައިވަނީ އިދްލީބުގެ ޙާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށެވެ.

އެތަނުގައި ޓެރަރިސްޓުން ހާލިހަދައިގެން އެބަތިބިކަމަށާއި އެހެންކަމުން އެތަނުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ލިބެންޖެހޭނެކަމަށް ޙަސަން ރޫހާނީ ވަނީ ވިދާޅުވެފަ އެވެ.

ހޮނިހިރު ދުވަހު އުރުދުޣާން ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސް ޕުޓިން އަރިހުން އެޞަރަޙައްދު ދޫކޮށް ދިޔުމަށް އެދިވަޑައިގެންފައިވާކަަށެވެ. އަދި ސީރިޔާ ސަރުކާރާއި ތުރުކީން ވާހަކަދެއްކުމަށް ދޫކޮށްލުމަށް އެދިފައިވާކަމަށް އުރުދުޣާން ވިދާޅުވި އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިދްލިބްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ތުރުކީގެ ގިނަ ޢަދަދެއްގެ ސިފައިން މަރުވެފަ އެވެ. ބުރާސްފަތި ދުވަހު އެކަނިވެސް ތުރުކީގެ 33 ސިފައިން ވަނީ މަރުވެފައެވެ.

އަނެއްކޮޅުން އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުން ތަކާގުޅިގެން މިހަފުތާތެރޭގައި ޤައުމުތަކުގެ ލީޑަރުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް އާއިރު މިލިއަނަކާ ގާތަށް މީހުންނަށް ވަނީ އެޞަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފަ އެވެ. އިދްލީބުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އދ އިން ބުނެފައިވަނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. ނޫންނަމަ އެޞަރަޙައްދުގައި ލޭގެ ކޯރެއް އުފެދިގެންދާނެކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު