Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިމަބިހި

ހިމަބިހިން ރައްކާތެރިިވުމުގެ ގޮތުން 'މަވެސް ޖަހައިފިން' ވެކްސިން ކެމްޕެއިން ފަށައިފި

މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މީސްލްސް ރުބެއްލާ (އެމް.އާރު) ވެކްސިން ދެވިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2020 | ހޯމަ 10:49
ވެކްސިން

ވެކްސިން

މީސަލްސް ނުވަތަ ހިމަބިހިން ރައްކާތެރިިވުމުގެ ގޮތުން 'މަވެސް ޖަހައިފިން' ވެކްސިން ކެމްޕެއިން އެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ފަށައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި 2017 ގައި ކަނޑައެޅުނު ފަހުން 2020 ވަނަ އަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީގައި ރާއްޖެއިންވަނީ ހިމަބިހިގެ ކޭސްތަކެއް ފެނިފައެވެ. އަދި ޖެނުއަރީ 8 ދުވަހު ފުރަތަމަ ކޭސްފެނުމާގުޅިގެން އައުޓްބްރޭކެއް ކަމުގައި ކަނޑައަޅާ އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މީސްލްސް ރުބެއްލާ (އެމް.އާރު) ވެކްސިން ދެވިފައިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި މީސްލްސް ހިމެނޭ ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވެ ތިބި ކުޑަކުދިންނާއި، ބަލި ޖެހިފައިވާ ފަރާތްތަކުގެ ޢާއިލާއާއި އެކުގައި އުޅޭމީހުންނާއި، އެފަރާތްތައް ދިރިއުޅޭ ޞަރަޙައްދު ތަކުގެ މީހުންނާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.

ހޯމަ ދުވަހު 'މަވެސް ޖަހައިފިން' ނަމުގައި ފަށާފައިވާ ވެކްސިން ކެމްޕެއިންއަކީ، ހިމަބިހީގެ ބަލިމަޑުކަމާއި ގުޅިގެން މިފަދަ އިތުރު ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ކުރިޔަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގައި 6 މަހާއި 18 މަހާ ދެމެދުގެ ތުއްތުކުދިންނަށް އެމް.އާރް ވެކްސިންގެ އިތުރު ޑޯޒެއް ދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީސްލްސް ވެކްސިން ގެ 2 ޑޯޒް ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް މިކެމްޕެއިންގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 3 މަސް ދުވަހަށް ހިންގުމަށް ރާވާފައިވާ މިކެމްޕެއިންގެ ދަށުން ފުރަތަމަ ވެންޒިން ދެނީ މާލޭގެ ސްކޫލްތަކުގައެވެ. އެގޮތުން، ސްކޫލްތަކުގައި މީސްލްސްގެ 2 ޑޯޒްހަމަނުވާ ދަރިވަރުންނަށާއި 40 އަހަރުން ދަށުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ވެކްސިން ދޭނެއެވެ. މާލެ ޞަރަޙައްދުގެ ސްކޫލްތަކުގައި ވެކްސިންދިނުމުގެ ޕްރޮގުރާމް ކުރިއަށް ގެންދާއިރު ބައެއް ބޮޑެތި އޮފީސްތަކުގައިވެސް 40 އަހަރުން ދަށުގެ 2ޑޯޒް ހަމަނުވާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މިފަހަރު ހިމަބިހީގެ ބަލިމަޑުކަން ފެތުރުނީ މާލެ ޞަރަހައްދުގައި ކަމަށްވާތީ، ކެމްޕެއިން ފުރަތަމަ ކުރިއަށް ގެންދާނީ މާލެ ޞަރަޙައްދުގައި ކަމަށާއި، އަތޮޅު ތެރޭގައި މިކެމްޕެއިން ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު