Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

ރައީސް ނަޝިދުގެ މައްސަލައިގައި އިދިކޮޅުން އިސްތިއުފާއަށް ގޮވާ އަޑު އުފުލި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2020 | އާދީއްތަ 14:22
ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އަޖައިބުވަނިވި ސިޔާސީންތަކެއް އުޅޭ ޤައުމެކެވެ. ފިކުރު ތަފާތުވާ މީހާގެ ވާހަކައެއް ދައްކަނީނަމަ، ކަރުގައި ހުރި ހުރިހާ ނާރެއް ފުފި ފަޅައިގެން ދާވަރަށް، އަޑު ގަދައެވެ. ފިކުރު އެއްގޮތްވިޔަސް، ހަމަ އެވަރަށް ނާރު އަރުވާފައި ނިކުމެއެވެ. އެކަމަކު އެހެން މަޤުޞަދެއްގައެވެ. ޓީމް މޭޓު ދިފާޢުކުރުމަށެވެ. ހަމަ އަންތަރީހެވެ.

މިފަހުން ޤައުމުގެ ސަމާލުކަން ހުއްޓިގެން ދިޔަ އެއް ޚަބަރަކީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަކާއި ގުޅިގެން 444 ރުފިޔާ ދައްކަވަން އޭސީސީން އެންގުމެވެ. ނަޝީދާ އިދިކޮޅު ފިކުރުގެ ފަރާތްތަކަށް ހީވޭ އީދެއް އައިހެނެވެ. ރަށްރަށުގެ ބަނދަރަށް ވަދެ މެކުނު އައިނު އައިސް ފުމެގަންނަ މަންޒަރު ސިފަވާކަހަލައެވެ.

ޗޭނު ޖަހައިގެން ބިން މަތީ މީހުން ދަމާ މަންޒަރު "އޮޅުމަކުން" ޙިއްސާކުރެވޭ ގާޒީންނާއި، މިހާރު އިދިކޮޅުގައި ތިއްބެވި ސިޔާސީ ބައެއް ފަރާތްތަކުން ގެންދަވަނީ ނަޝީދުގެ މައްސަލައިގައި އެ ފަރާތްތަކުގެ ރަޢުޔު ހާމަކުރައްވަމުންނެވެ. މަޤާމަށް ކުފޫ ހަމަނުވާ ކަމަށް އެއް ބަޔަކު ކަނޑައަޅާފައިވާއިރު، އަނެއް ބަޔަކު ވަނީ ވަގުތުން އިސްތިޢުފާދެއްވުމަށް ޖެހިވަޑައިގަންނަވާ ކަމަށް ބަސް އިއްވާފައެވެ.

ސީދާ އޭސީސީން މިކަމާ ދޭތެރޭ އެންގި އެންގުމާ ގުޅިގެން އެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައެއް ކަންކަން އޮޅުން ފިލުވައިދީފައެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރު ޢަލީ އަޝްރަފް ވަނީ އެކަމުގެ ކޮރަޕްޝަނުގެ ޢަމަލެއް ނުހިމެނޭ ކަމަށް ވިދާޅުވެފައެވެ. އޭސީސީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަކީލްގެ ވާހަކަތައްވެސް ހުރީ މި މޭރުމުންނެވެ. އޭސީސީން ނިންމީ އެކަމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށެވެ. ދެން ކޮރަޕްޝަން ނުހިމެނޭ ކަމަށް ނިންމި ސަބަބެއް އެކޮމިޝަނުން އޮޅުން ފިލުވާލުން ރަނގަޅެވެ.

ދެން ފާހަގަކޮށްލަން ބޭނުންވަނީ، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ޚަބަރެވެ. ކުރީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެކަކު ކަމުގައިވާ، އަބްދުއްރަހީމް ޢަބްދުﷲގެ ދަރިފުޅު، އިބްރާހިމް ފައިސަލް އާއި އޭނާގެ އަންހެނުންނަށް ޕްރާޑާ ބްރޭންޑުގެ އައިނުތަކެއް ގަންނަން 72000 ރުފިޔާ ޚަރަދުކުރި ވާހަކައެވެ. ހަމަ ދައުލަތުގެ ފައިސާއިންނެވެ. މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ މަޤާމެއްގައި ހުންނަވައިގެން ދައުލަތުގެ ފައިސާއިން ސަޅި އައިނެއް ގަނެލީއެވެ.

މިކަމާއި ގުޅިގެން އެއްކަލަ އިދިކޮޅުން ދައްކާނެ ހަމަ އެއްވެސް ވާހަކައެއް ނެތެވެ. އިއްވާނެ މޮޅު ރަޢުޔެއްވެސް ނެތެވެ. ބުނާނެ ހަމަ އެއްވެސް ބަހެއް ނެތީތޯއެވެ. ނޫނީ 444ރ. ގޯސްވެފައި 72000ރ. އޯކޭވީތޯ؟ އެވެ. ރައްޔިތުންގެ ޙައްޤޭ ކިޔައިގެން ދައްކާނެ ހަމަ އެއްވެސް ވާހަކައެއް، ފާޅުކޮށްލާނެ އެއްވެސް ޝުޢޫރެއް ހަމަ ނެތީތޯ؟ އެވެ.

މިއީ އަދުގެ ސިޔާސީންގެ ޙާލަތެވެ. ތިމާ ނުރުހޭ ބަޔަކު ނޫނީ މީހަކު ކަމެއް ކޮށްފިއްޔާ ރައްޔިތުންގެ ޙައްޤޭ ކިޔައިގެން ލަވާ ހަޅޭކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެކަމަކު ރުހޭ މީހާ ރޯމާ ދުވާލު މީހަކު ލައިގެން ހުރި ހެދުންކޮޅު ފޭރިގަތަސް، އެބަޔަކު ދިފާޢުކުރަން ތެދުވަނީއެވެ. ގޯސްވެސް ނުވަނީއެވެ. ބޮޑެތި ޖަރީމާތައް ހިންގިޔަސް ހަމަ ވަރިހަމައެވެ.

ތިޔަ ވަރު މީހުން ރަނގަޅުވާނީ ރައްޔިތުންގެ ޙައްޤޭ ކިޔައިގެން އެއްޗެކޭ ނުބުނީއާއެވެ. ޙައްޤޭ ކިޔަައިގެން ވާހަކަ ދެއްކީމާ، ރައްޔިތުން މިއަދު އަންނަނީ ޒާތެއް ހިންޏެކެވެ. ސިޔާސީންނަށް ފައްފަށުން ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

25 ޖެނުއަރީ 2022
ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް 70 މިލިއަން ރުފިޔާގެ ބަޖެޓެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2022 ވަނަ އަހަރަށް 70 މިލިއަން ރުފިޔާގެ ބަޖެޓެއް

20 ޖެނުއަރީ 2022
11 މިލިއަން ރުފިޔާގެ ގެއްލުމާއެކު 8 އަހަރު ދުވަހުގެ އިންތިޒާރުގެ ނިމުން 2 އަހަރު ދުވަހުގެ ޖަލު ހުކުމަކުން

11 މިލިއަން ރުފިޔާގެ ގެއްލުމާއެކު 8 އަހަރު ދުވަހުގެ އިންތިޒާރުގެ ނިމުން 2 އަހަރު ދުވަހުގެ ޖަލު ހުކުމަކުން

16 ޑިސެމްބަރު 2021
އެސްއެމްއީ ބޭންކުން 970.3 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 538.6 މިލިއަން ރުފިޔާ ދޫކޮށްފި

އެސްއެމްއީ ބޭންކުން 970.3 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 538.6 މިލިއަން ރުފިޔާ ދޫކޮށްފި

21 ޖުލައި 2021
ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލަދޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި، 100 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކާއެކު ފަށަނީ

ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލަދޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި، 100 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކާއެކު ފަށަނީ

11 ނޮވެމްބަރު 2020

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު